"ޕިއްޕާ" ސިނަމާގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް

"ޕިއްޕާ" ސިނަމާގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް

Author
ފާތިމަތު ނާވީ
09 ނޮވެމްބަރ 2023 12:21
0

އިޝާން ހައްތަރުގެ ވަތަނީ ފިލްމު "ޕިއްޕާ" ސިނަމާތަކަށް ނުގެނެސް މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

މި ފިލްމް އަކި ޒުވާން އެކްތަރުގެ ވަރަށް އުންމީދީ ފިލްމްއެކެވެ. ދެފަހަރެއްގެ މަތިން އެޅުވުން ލަސްވެފައިވާ ފިލްމް ގައި ދައްކުވައިދޭނީ އިޝާން މީގެ ކުރިން ފެނިފައި ނުދާފަދަ ކެރެކްޓާއަކުންނެވެ.

"ޕިއްޕާ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ބްރިގޭޑިއާ ބަލްރާމް ސިންގްގެ ރޯލު އިޝާން ކުޅެފައިވާ އެއްޗެކެވެ. މީގެ ލީޑުން އިޝާން އާއި އެކުގައި ފެނިގެން ދާނީ ޒުވާން ބަތަލާ މުރުނާލް ޓާކުރްއެވެ.

 

View this post on Instagram

 

A post shared by prime video IN (@primevideoin)

"ޕިއްޕާ" އަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތޭޖާސް" ގެ ވެސް ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ އިތުރުން ބަތަލާ ވިދިއާ ބަލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ރާޖާ އަކީ އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި ސައިފް އަލީ ޚާންގެ "ޝެފް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.