ކުރިއަށް އޮތީ އަކްޝޭ ގެ "ސައިކޯ"

ކުރިއަށް އޮތީ އަކްޝޭ ގެ "ސައިކޯ"

Author
ފާތިމަތު ނާވީ
07 ނޮވެމްބަރ 2023 05:48
0

ބޮލީވުޑްގެ ކުޅަދާނާ އެކްޓަރު އަކްޝޭ ކުމާރު އައު ފިލްމް އަކަށް ސޮއި ކޮށްފިއެވެ.

އެ ފިލްމް އަކީ "ސައިކޯ" ކިޔާ ތުރިލާ އެއް ކަމަށް މުނިފޫހި ފިލުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައިއެވެ. މިއީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުނި، ރޯހިތު ޝެޓީ ޕިކްޗާސް އަށް މޯހިތު ސޫރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ވެއެވެ.

މި ފިލްމް ވެގެން ދާނީ މޯހިތު އާއި އެކުގައި އަކްޝޭ މަސައްކަތް ކުރާ ފުރަތަމަ ފިލްމް އަކަށެވެ. މި ފިލްމް އަކީ އާންމުކޮށް ރޯހިތު ގެނެސްދޭ ސްޓައިލް އަށް ވުރެ ތަންކޮޅެއް ތަފާތު ސްޓްއިލް ގެ ފިލްްމްއެކެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މި ފިލްމް ގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅުގައި ފެށުމަށް އަންނަނީ މަސައްކަތް ކުރުމަށެވެ. އަދި މި ފިލްމް އަކީ ޖުމްލަ 40 ދުވަސް ތެރޭގައި ނިންމުމަށް ޝެޑިއުލް ކުރާ ފިލްމް އެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި "މިޝަން ރާނީގަންޖު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.