އިގިރޭސިވިލާތުގައި އެންމެ ފުރަތަމަ ކޯވިޑް19 ވެކްސިން ޖެހި 91 އަހަރުގެ މާގްރެޓް ކީނަން އަށް ވެކްސިން ދެނީ

ތަފާތު ބޭސްތަކަށް އެލާޖިކްވާ މީހުންނަށް ކޯވިޑް ވެކްސިން ދިނުން ރައްކާތެރިއެއް ނޫން: އިގިރޭސިވިލާތް

ތަފާތު ބޭސްތަކަށް އެލާޖިކްވާ މީހުންނަށް ކޯވިޑް ވެކްސިން ދިނުން ރައްކާތެރިއެއް ނޫން: އިގިރޭސިވިލާތް

ތަފާތު ބޭސްތަކަށާއި އަދި، ވެކްސިންތަކަށް އެކާޖިކްވާ ފަރާތްތަކަށް ކޯވިޑް19 ވެކްސިން ދިނުން ރައްކާތެރި ނޫންކަމުގެ އިންޒާރު އިގިރޭސިވިލާތުން ދީފިއެވެ.

އިގިރޭސިވިލާތުގެ ނޭޝަނަލް ހެލްތުސާވިސްގެ ފަރާތުން ބުނެފައިވާ ގޮތުގައި، "ބައެއް ބާވަތުގެ ކާއެއްޗިއްސަށާއި، ސިއްހީގޮތުން، ބައެއް ބޭސްތައް ބޭނުންކުރުމުން އެލާޖިކްވާ މީހުންނަށާއި އަދި، މީގެއިތުރުން ތަފާތު ވެކްސިންތަކަށް އެލާޖިކްވުމުގެ ހެލްތު ރެކޯޑް އޮންނަ ފަރާތްތަކަށް، އެމެރިކާގެ ފިޒާ/ބައޯއެންޓެކް ކުންފުނިން ތައްޔާރު ކޮށްފައިވާ ކޯވިޑް19 ވެކްސިން ދިނުމަކީ ރައްކާތެރި ކަމެއް ނޫން،" ކަމުގައެވެ.

ނޭޝަނަލް ހެލްތު އޭޖެންސީން މިއިންޒާރު ދީފައިވަނީ، އިގިރޭސިވިލާތުގައި މިވެކްސިން އެންމެ ފުރަތަމައަށް ދިން މީހުންގެ ތެރޭގައި ހިމެނޭ ދެމީހެއްގެ ކިބައިން ފެންނަން ނުޖެހޭ ބާވަރުގެ އަލާމާތަތްކެއް ފެނުމާއި ގުޅިގެންނެވެ.

އެއޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް19 ވެކްސިން ދީގެން، އެގައުމުގެ ދެ ސިއްޙީއެހީތެރިއަކަށް އުދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އަދި މި ދެމީހުންނަކީވެސް، އެލާޖިކް ވުމުގެ ރިކޯޑް އޮތް ދެމީހުންކަމަށެވެ. އެހެންމަވެސް، ފަރުވާ ދިނުމަށްފަހު، މިހާރެ ދެމީހުންވެސް ރަގަޅުވެފައިވާ ކަމަށްވެސް މިބަޔާނުގައި ބުނެފައި ވެއެވެ.

"އަލަށް ދޭން ފަށާ އެހެން ވެކްސިންތަކެކޭ އެއްގޮތަށް، MHRA (އިގިރޭސިވިލާތުގައި ވެކްސިންދިނުމުގެ ހުއްދަ ދޫކުރާ އިދާރާ)އިން އިލްތިމާސްކުރަނީ، އެލާޖިކްވުމުގެ ރިކޯޑް އޮންނަ ފަރާތްތަކުން ކޯވިޑް19 ވެކްސިން ނުޖެހުމަށް. ސަބަބަކީ އިގިރޭސިވިލާތުގައި މިވެކްސިން ޖެހި، އެލާޖިކް ވުމުގެ ރިކޯޑް އޮތް ދެމީހަކު ވެކްސިން ޖެހުމުގެ ސަބަބުން ބަލިވުން،" ނޭޝަނަލް ހެލްތު އޭޖެންސީގެ މެޑިކަލް ޑިރެކްޓަރ ޕްރޮފެސްރ ސްޓޭފަން ޕޯވިސް، އެއޭޖެންސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް، އާންމުކޮށް، އިގިރޭސިވިލާތުގައި މިހާރު ވެކްސިން ދޭން ފަށާފައިވާއިރު، ވެކްސިން ދިން އެހެން އެއްވެސް މީހަކަށް، ވެކްސިންގެ ސަބަބުން ވެކްސިނާ ނުގުޅޭއް އެއްވެސް އުދަގުލެއް ކުރިމަތިވެފައި ނުވާކަމަށްވެސް ކަމާގުޅުން ހުރި އިދާރާތަކުން މައުލޫމާތު ދީފައި ވެއެވެ.

އެމެރިކާގެ ފިޒާ ކުފުންޏާއި އެކުންފުނީގެ ޕާޓްނަރ ކުންފުނި، ޖަރުމަނު ވިލާތުގެ ބައޯއެންޓެކް ކުންފުނިން އުފެއްދި ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދީ، ކޯވިޑް19 އާ ދެކޮޅަށް ދުނިޔޭގައި އާންމުކޮށް ވެކްސިން ބޭނުން ކުރަންފެށި ފުރަތަމަ ގައުމު ކަމަކީ އިގިރޭސިވިލާތެވެ.

އެގިރޭސި ވިލާތުގެ މެޑިސިން ރެގިއުލޭޓަރ، MHRA އިން ބުނެފައި ވާގޮތުގައި، ކުރެވުނު ތަހުލީލުތަކުން %95 މީހުންނަށް ވައިރަހުން ސަލާމަތްތެރިކަން ފޯރުކޮށްދޭނެ ކަމަށް ދައްކާފައިވާ މިވެކްސިނަކީ އާންމުކޮށް ބޭނުންކުރެވިދާނެ ފެންވަރުގެ ވެކްސިނެކެވެ.

އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ވިދާޅުވެފައިވަނީ، އިގިރޭސިވިލާތުގެ ރައްޔިތުންނަށް މިފެށެ ހަފްތާއިން ފެށިގެން ވެކްސިން ދިނުމަށްޓަކާ، ވެކްސިންގެ 800،000 ޑޯޒު މިހާރުވަނީ ތައްޔާރު ކުރެވިފައެވެ.

ހެލްތު ސެކެޓްރީ ވަނީ، ވެކްސިން ޖެހުމަށް އިންގިރޭސިވިލާތުގެ ރައްޔިތުން އަވަސްވެ ނުގަނެ، އެގައުމުގެ ނޭޝަނަލް ހެލްތު ސާވިސްއިން އަންގަންދެން މަޑުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އިގިރޭސި ސަރުކާރުން ބުނެފައިވަނީ، ވެކްސިން ޖެހުމުގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން އެދުމަތިވެފައިވާ މުސްކުޅިންނާއި އަދި މުސްކުޅިން ބެލެހެއްޓުމުގައި ހަރަކާރްތެރިވާ މީހުނަށެވެ. އަދި އޭގެފަހުން އިސްކަންދޭ ލިސްޓު ތަރުތީބު ކުރެވިފައިވާ ގޮތަކީ، 80 އަހަރުން މަތީ މުސްކުޅިންނާ އަދި، ސިއްޙީ ޚިދުމަތްތެރިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *