ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ފަރޭ" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.
22 އަހަރުގެ ޒުވާން އަލީޒޭ އަކީ ސަލްމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލްވިރާ ޚާނާއި ކުރީގެ އެކްޓަރު/މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގުނިހޯތުރީގެ ދަރިއެކެވެ. މީ އަލީޒޭ ބޮލީވުޑް އަށް ތައާރަފްވާ ފިލްމްއެވެ.
މި ފިލްމަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސޯމެންދުރަ ޕަދީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ފިލްމް ގެ އެއް ޕްރޮޑިއުސަރަކީ ވެސް ހުދު ސަލްމާން ހާންއެވެ. ފިލްމް ސިނަމާތަށް އަންނަނީ ނޮވެމްބަރު މަހުގައިއެވެ.
މީގެ ދެދުވަހެއް ކުރިން ފިލްމުގެ ޓްރެއިލާ އާންމުކުރީ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ސަލްމާން ވެސް ބައިވެރިވި، އެ ހަފުލާގައި އަލިޒޭ ބުނީ "ފަރޭ" އަކީ ބެލުންތެރިން ވަރަށް އުންމީދު ނުކުރާ ކަހަލަ ފިލްމަކަށް ވާނެ ކަމަށާއި އޭނަ ކަހަލަ ފަންނާނަކަށް އާންމުންގެ ސަމާލުކަން ވެސް ލިބޭނީ ތަފާތު އެއްޗެއް ގެނެސްދީގެން ކަމަށް ބުންޏެވެ.
"ފަރޭ" ގެ ކާސްޓްގައި ޒޭން ޝޯ، ސާހިލް މެހެތާ، ޕްރަސައްނާ ބިޝްޓްގެ އިތުރުން ރޯނިތު ރޯއި އާއި ޖޫހީ ބައްބަރް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ