2014 ވަނަ އަހަރު ގެނެސްދިން "ކްއީން" ގެ ސީކުއަލް ނުވަތަ އޭގެ ދެވަނަ ފިލްމް އެއް ހަދާނީ އެ ކުޅެން ކަންގަނާ އެއްބަސްވާ ނަމަ ކަމަށް ޑައިރެކްޓަރު ވިކާސް ބާލް ބުނެފި އެވެ.
މި ފިލްމް ހެދުމުގެ ޝައުގު ފާޅުކުރަމުން ވިކާސް ބުނީ އެފިލްމް ހެދޭނީ އެ ފިލްމް އަށް ކަންގަނާ އެއްބަސްވެއްޖެ ހިނދެއްގައި އެކަނި ކަމަށެވެ. މި ފިލްމް އަކީ ކަންގަނާގެ ކާމިޔާބު ފިލްމް ތަކުގެ ލިސްޓުގެ ކުރިން ޖާގަަ ހޯދާނެ ފިލްމްއެކެވެ.
"ގަނަޕަތު" ގެ ޑައިރެކްޓަރު ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ބުނީ ހޭލާ ކޮންމެ ދުވަހަކީ "ކްއީން 2″ ހެދުމުގެ އުންމީދާ ކުރިމަތިލާ ދުވަހެއް ކަމަށެވެ. އަދި "ކްއީން" ގެ ދެވަނަ ބައެއް ހަދަން ވަރަށް ގިނަ ފޭނުންގެ ފަރާތުން ވެސް ޑިމާންޑްކުރާ ކަމަށް ވިކާސް ބުންޏެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއަ މި ފިލްމް ގައި ދައްކުވައިދެނީ ހަނީމޫނަށް އެކަނި ގޮސް އުޅޭ އަންހެނަކަށް ދިމާވާ ކަންތަށް ތަކެކެވެ. ކައިވެނި ކުރަން ވަގުތު ކުޑަތަން ވެފަައި ވަނިކޮން ކައިވެނި ކުރަން ފިރިހެން މިހާ ނުގަބޫލު ވާއިރުގައި ހަނީމޫން ޓިކެޓްވެސް އޮންނަނީ ނަގައިފައިއެވެ.
"ކްއީން" ގެ ކާސްޓްގައި ރާޖްކުމާރު ރާއޯ އާއި ލީޒާ ހޭޑަން ވެސް ހިމެނެ އެވެ. އެންމެ 12 ކްރޯޑް ރުޕީސް (1.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 101 ކްރޯޑް ރުޕީސް (12.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.