އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ ފަށައިފި

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ ފަށައިފި

Author
މުޙައްމަދު ޝަޒައިމް
05 ނޮވެމްބަރ 2023 11:16
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ކަށަވަރު ޕްރޮމޯ" ފަށައިފިއެވެ.

މި ޕްރޮމޯޝަން އިފްތިތާޙުކުރުމުގެ ގޮތުން ކަށަވަރު ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުމެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއ،ި ސްޓަރން އައިޓަމްސްއާއ،ި ސްކޮޓް ބޭޑަރ ރެސިން އާއ،ި ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއ،ި ޔަންމާ ޖެންސެޓްސްއާއ،ި ސްޕެއާރ ޕާރޓްސްއާއ،ި އެކްސަސަރީޒްއާއ،ި އިންޑަސްޓްރިއަލް ގޭހާއ،ި މެރޯލް އަދި ލުބްރިކަންޓްސްއެވ.ެ މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދ،ި ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ.

"ކަށަވަރު ޕްރޮމޯ 2023″ އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައ،ި މާލޭ ބަނދަރު ސަރަޙައްދ،ު ހުޅުމާލޭ ބަނދަރު ސަރަޙައްދ،ު ތިލަފުށީ ޑޮކްޔާރޑް އަދި ސައިޓ،ް ރ. އަލިފުށ،ި ރ. ވާދ،ޫ ތ. ހިރިލަންދ،ޫ ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދ،ޫ ކ. މާފުށ،ި ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި މި ތަންތަނަށް ޒިޔާރަތް ކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.