ސިސްޓަމަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެއަރޕޯޓުގެ ބައެއް ހިދުމަތްތައް މިއަދު ލަސްވެދާނެ ކަމަށް ބުނެފައިވި ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނިން، އެމްއޭސީއެލްއިން މިއަދު މެންދުރު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވެފައި ވަނީ އިމިގްރޭޝަން ކައުންޓަރުތަކުގައި ބޭނުންކުރާ ސިސްޓަމްތަކަށް ކަމަށެވެ.
The immigration counter issue @VelanaAirport has been resolved. Thank you for your patience. https://t.co/vkWmvSHCkn
— Maldives Airports Company Ltd – MACL (@MACLmedia) November 4, 2023
ކުރިމަތިވި ޓެކްނިލް މައްސަލަތަކުގެ ސަބަބުން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގައި ލަސްތަކެއް ވެދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެހެންނަމަަވެސް އޭގެ 2 ގަޑިއިރެއްހާފަހުން ކުރި ޓުވީޓެއްގައި އެމްއޭސީއެލްއިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި، ޚިދުމަތް ބޭނުންކުރި ފަރާތްތަކުން ދެއްވި އެއްބާރުލއްވުމަށް ޝުކުރު އަދާކުރާ ކަމުގައެވެ.