ނޭހާ އާއިލާ އާއި އެކުގައި ރާއްޖޭގައި

ނޭހާ އާއިލާ އާއި އެކުގައި ރާއްޖޭގައި

Author
ފާތިމަތު ނާވީ
04 ނޮވެމްބަރ 2023 03:06
0

ބޮލީވުޑްގެ މަޝްހޫރު ލަވަކިއުން ތެރިއާ ނޭހާ ކައްކަރު ރާއްޖޭ އަށް ޗުއްޓީއަށް އަތުވެއްޖެވެ.

ނޭހާ އަކީ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބަތަލާ އެކެވެ.މިފަހަރުގެ އޭނާގެ ޗުއްޓީގެ ބައިވެރިންނަކީ އޭނާގެ އާއިލާ އެވެ. ނޭހާގެ ފިރިމީހާ ރޯހަން އާއި ނޭހާގެ މައިބަފައި ވެސް ވަނީ މިދަތުރުގައި ބައިވެރިވެފައިއެވެ.

ނޭހާ ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަން ސޯޝަލް މީޑިއާ މެދުވެރިކޮން ހިއްސާކޮށްފައިއެވެ. އަދި ކުރު ވީޑިއޯ ކޮޅަކުން އޭނާގެ މިދަތރު ވަރަށް ތަފްސީކޮށް ވަނީ އަންގައިފައިއެވެ.

 

View this post on Instagram

 

A post shared by Neha Kakkar (@nehakakkar)

ނޭހާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޝަން ސިޔާމް ރިސޯޓްގައިއެވެ. ނޭހާ އަކީ ބޮލީވުޑްގެ ޒުވާން އަދި މަގުބޫލު ލަވަ ކިއުންތެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނޭ ލަވަކިއުން ތެރިއެކެވެ. އޭނާ ވަނީ ކާމިޔާބު ލަވަތަކެއް ކިޔައި އާންމުންގެ ލޯބި ހޯދައިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.