ސައިރިކްސް ޝަރީފްވެސް ހުޅުދޫ ދާއިރާއަށް

ސައިރިކްސް ޝަރީފްވެސް ހުޅުދޫ ދާއިރާއަށް

Author
އައިޝަތު އަޙްމަދު
02 ނޮވެމްބަރ 2023 06:42
0

އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާނެކަމުގެ އިޝާރާތެއް ސައިރިކްސް ކޮލެޖުގެ ވެރިޔާ އަދި އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ދެއްވައިފިއެވެ.

ޝަރީފަކީ އެމްއެންޕީގެ ދެކުނު ސަރަހައްދުގެ ނާއިބު ރައީސެވެ.  އަދި ދައުލަތުގެ އިސް މަޤާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ހުޅުދޫ ދާއިރާގެ މިހާރުގެ މެންބަރަކީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އިލްޔާސް ލަބީބެވެ. ނަމަވެސް އޭނާ މިހާރު ހުންނެވީ ދަ ޑިމޮކްރެޓްސްގައެވެ.

ޝަރީފްގެ އިތުރުން އެދާއިރާއަށް ކުރީގެ މެންބަރު މުޙައްމަދު ޝާހިދުވެސް ވަނީ ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ. އޭނާއަކީ 18 ވަނަ މަޖިލީހުގައި ހުޅުދޫ ދާއިރާގެ މެންބަރެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މާރޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅެވެ،

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.