"ޑަންކީ" ގެ ޓީޒާ އެއް

"ޑަންކީ" ގެ ޓީޒާ އެއް

Author
ފާތިމަތު ނާވީ
05 ނޮވެމްބަރ 2023 03:12
0

އަންނަ މަހު ރިލީޒް ކުރުމަށް އިއުލާން ކޮށްފައިވާ ސްޕަސްޓާރު ޝާހުރުކް ހާންގެ މި އަހަރުގެ ތިންވަނަ ފިލްމް "ޑަންކީ" ގެ ފުރަތަމަ ޓީޒާ މިއަދު ފާހަގަ ކުރާ އޭނަގެ 58 ވަނަ އުފަން ދުވަހާ ދިމާކޮށް ދައްކައިލައިފިއެވެ.

ސަރާސަރު ހުސް ސަހަރާއެއް ގެ ޝާހު ހިނގައިފައިދާތަން މި ޓީޒާއިން ވަނީ ދައްކައިލައިފައިއެވެ. ޝާހު އާއި އެކުގައި އިތުރު ދެތިން މީހުން ވެސް ފެނެއެވެ. އަދި މީހަކު އަމާޒަށް ސީދާކޮށްލުމަށްފަހު ބަޑިޖެމާއި އެކުގައި ޓިޒާ ކޮޅު ނިމިގެންދެއެވެ. މި ފިލްމް އަކީ ހިޖުރަ ކުރުމާއި ގުޅޭ ގޮތުން ހަދައިފައިވާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

"ޑަންކީ" އަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވާ ފިލްމްއެކެވެ. މި ފިލްމް އަކީ ސްޕަސްޓާރު ޝާހުރުކް ހާން ލީޑުން ފެނިގެންދާނެ ފިލްމްއެކެވެ. ޝާހު އާއި އެކުގައި ދެން ފެނިގެން ދާނީ ތާޕްސީ ޕަންނޫއެވެ.

"ޑަންކީ" އަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ސޯޝަލް ކޮމެޑީއެކެވެ.  "ޑަންކީ" ގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ބޮމަން އިރާނީ، ސަތިޝް ޝާހްގެ އިތުރުން ހާއްސަ ފެނިލުންތަކުގައި ވިކީ ކޯޝަލް އާއި ދަރުމެންދުރާ ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by DUNKI MOVIE (@dunki_movie_)

މިއަހަރު މިހާތަނަށް ވަނީ ޝާހުގެ ދެ ފިލްމް އެއް ގެނެސްދީފައިއެވެ. "ޑަންކީ" އަކީ މިއަހަރުގެ ޝާހުގެ ތިންވަނަ ފިލްމްއެވެ. މިއަހަރުގެ ކުރީ ކޮޅުގައި ޝާހުގެ ފިލްމް "ޖަވާން" ވަނީ ސިނަމާތަކަށް އައިސްފައިއެވެ. އެ ފިލްމް ވަނީ އުންމީދު ކުރި ގޮތަށް ބޮޑު ކާމިޔާބެއް ހޯދައިފައިއެވެ.

ޝާހުގެ މިއަހަރުގެ ދެވަނަ ފިލްމް މިހާރު ވެސް އޮތީ ސިނަމާގައިއެވެ. އެއީ މިހާރު ބޮޑު ކާމިޔާބެއް ހޯދަމުން އަންނަ ފިލްމް "ޖަވާން" އެވެ. މި ފިލްމް ވެސް ވަނީ "ޕަޓާން" އެކޭ އެއްފަދައިން ރެކޯޑް ތަށް މުގުރާފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.