ސުގަންދާ ބަނޑުބޮޑު

ސުގަންދާ ބަނޑުބޮޑު

Author
ފާތިމަތު ނާވީ
03 ނޮވެމްބަރ 2023 06:29
0

މަޝްހޫރު ކޮމޭޑީންއަށް ސުގަންދާ މިޝަރާ އާއި ޑރ. ސަންކެތު ބޮސާލޭ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

ބީޗެއްގައި ނަގައިފައިވާ ފޮޓޯތަކާއި އެކުގައި އެމީހުން ގެ ޝޯޝަލް މީޑިއާގައި ބަނޑުބޮޑުކަން އިއުލާން ކޮށްފައިވާ އިރުގައި ސުގަންދާ އާއި ސަންކެތު ކައިވެނިކުރީ 2021 ގަ އެވެ. މި ދެ މީހުން ކައިވެނިކުރީ އެކީގައި މަސައްކަތްކުރި ކޮމެޑީ ޝޯތަކުން އުފެދުނު ލޯތްބަށް ފަހު އެވެ.

މި ދެމީހުން އެކުގައި ވަނީ މަޝްހޫރ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯވ" އިންވެސް ފެނިގެން ގޮސްފައިއެވެ.  ހޯސްޓުންގެ ގޮތުގައި ވެސް މަސައްކަތްކުރާ ދެ ފަންނާނުންނަކީ ބޮލީވުޑްގެ ބައެއް ފަންނާނުން ވާހަކަ ދައްކާ ގޮތް ކޮޕީކުރާ މިމިކްރީ އާޓިސްޓުން ވެސް މެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.