އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އަށް އިއްޔެ ދިއުމުން، އެ ގައުމުގެ އެއާޕޯޓުގައި އޭނާ ހިފަހައްޓައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެލޭޝިއާއިން މިހާރުދަނީ އޭނާ ޑިޕޯޓުކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަދަނީ އަބުދުﷲ ހިފަހައްޓާފައިވަނީ ނިރުބަވެރިކަމަށް ހިތްވަރުދޭ ކަމަށް ކުރެވޭ ތުހުމަތުތަކާއެކު، އެގައުމުން ބްލެކް ލިސްޓުކޮށްފައިވާ ފަރާތްތަކުގެ ލިސްޓްގައި އޭނާގެ ނަން އޮތުމުންނެވެ.
އެހެންނަމަވެސް އޭނާގެ ގާތް ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި އެފަދަ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވިފައެއް ނުވެއެވެ.
"ޚަބަރު އޮންލައިން" މައުލޫމާތު ލިބިފައިވާ ގޮތުގައި މަދަނީ އަބުދުﷲގެ މައްޗަށް މެލޭޝިއާގެ އިމިގްރޭޝަންއިން ކުރަމުންދަނީ ވިސާއާއި ނުލާ އެގައުމަށް އެތެރެވެ، ދިއިރުޅުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތެވެ.
އޭނާ މެލޭޝިއާއަށް ދަތުރު ކޮށްފައިވަނީ ބަޓިކް އެއަރލައިންއިން ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިހާރު ބަހައްޓާފައި ހުރީ މެލޭޝިއާގެ ޑިޓެންޝަން ސެންޓަރެއްގައެވެ. މިކމާއި ގުޅޭގޮތުން ރަސްމީ އެއްވެސް ފަރަތެއްގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ