ފާތިމާ އަށް އާމިރުގެ ފިލްމްއެއް

ފާތިމާ އަށް އާމިރުގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
04 ނޮވެމްބަރ 2023 06:53
0

ބޮލީވުޑްގެ ތަރި ފާތިމާ ސަނާ ޝެއިހް އަށް އަނެއްކާވެސް އާމިރު ހާންގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

މީގެ ކުރިންވެސް ފާތިމާ ވަނީ އާމިރުގެ ދެ ފިލްމް އެއް ގައި މަސައްކަތް ކޮށްފައިއެއް. އެގޮތުން އޭނާ ބޮލީވުޑް އަށް ތައާރަފްވީ ވެސް އާމިރުގެ ފިލްމް އަކުންނެވެ. އެއީ 2016 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ޑަންގަލް" އިންނެވެ. "ޑަންގަލް" ވެގެން ގޮސްފައިވަނީ ވަރަށް ވެސް ކާމިޔާބު ފިލްމް އަކަށެވެ. އޭގެ ފަހުން އާމިރު 2018 ގައި ގެނެސްދިން "ތަގްސް އޮފް ހިންދުސްތާން"ގެ ރޯލެއް ވެސް ސަނާ ކުޅުނެވެ. އެކަމަކު އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ.

އާމިރު މިހާރު އަންނަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އޭނާ ލީޑު ރޯލު ކުޅޭ އަދި ޕްރޮޑިއުސްކުރާ "ސިތާރޭ ޒަމީން ޕަރު" އާއި އޭނާ ޕްރޮޑިއުސްކުރާ ސަނީ ޑިއޯލް ލީޑު ރޯލު އުޅޭ ފިލްމެކެވެ.

 

View this post on Instagram

 

A post shared by yogen shah (@yogenshah_s)

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.