ގަވާއިދުން ކުލި ދެއްކައިގެން އުމްރާ ދަތުރެއް ހޯދުމަށް ހުޅުވާލެވުނު " ޕޭ އެންޑް ވިން" ގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކުގެ ގުރުއަތުނެގުން އާބަންކޯއިން މިއަދު ބާއްވާފައެވެ.
މިއަދު ނެގުނު މި ގުރުއަތުގައި ހަތަރު ފަރާތެއް ވަނީ ހޮވާފައެވެ. އެއީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެފަރާތަކާއި، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ދެފަރާތެވެ.
އާބަންކޯއިން ބުނެފައިވަނީ، މި ޕްރޮމޯޝަން ނިންމާލުމުގެ ގޮތުން އޮކްޓޯބަރ މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ޖެނުއަރީ 2024 ގައި ކުރިއަށް ގެންދެވޭނެ ކަމުގައެވެ.
"ޕޭ އެންޑް ވިން" އަކީ އަރބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވެނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ. އެގޮތުން ގަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.
އާބަންކޮއިން ބުނެފައިވަނީ، ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވާކަން އެ ކޯޕަރޭޝަނަށް ފާހަގަވެފައިވާ ކަމުގައެވެ. އެހެންނަމަވެސް އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭ އިރު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށްކަމަށްވެސް އާރަބަން ކޮއިން ބުނެފައިވެއެވެ.
މިގޮތުން، މިއުސޫލުގެމަތިން، ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް ފަހިކޮށްދީފައިވާކަން އާބަން ކޯއިން ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
އާބަންކޮއިން ބުނެފައިވަނީ ލަކީ ޑްރޯބެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުމުގެ ގޮތުން ކަމުގައެވެ. އެހެންކަމުން، އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ވެސް އާބަންކޯއިން މިހާރުވަނީ ފަހިކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ