"ދަ ލޭޑީކިލާ" ގެ ޓްރެއިލާ ދައްކައިލައިފ

"ދަ ލޭޑީކިލާ" ގެ ޓްރެއިލާ ދައްކައިލައިފ

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ދަ ލޭޑީކިލާ" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.

މި ފިލްމް އަކީ މިމަހުގެ 3 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. މި ފިލްމްގެ ޓްރެއިލާ ދައްކައިލައިފައިވަނީ މިދިއަ ހޯމަ ދުވަހުގައިއެވެ. ފިލްމް އަކީ ވަރަށް ތަފާތު ފިލްމް އެކެވެ.

އަރުޖުން ވަރަށް ތަފާތު، ޑާކް ކެރެކްޓާއެއް ކުޅެފައިވާ އެ ފިލްމުގެ ޓްރެއިލާ ވަނީ މިދިއަ ހޯމަ ދުވަހުގައި ނެރެފަ އެވެ. މި ފިލްމުގައި ދައްކާނީ ވެސް ކުށުގެ ވެށިން ދިމާވާ ދެމީހަކުގެ މެދުގައި ލޯބީގެ ގުޅުން އުފެދި ހިނގާ ކަންތައްތަކެކެވެ.

މި ފިލްމުގެ ޕޯސްޓަރު މިހާރު އާންމުކޮށް ދައްކައިލައިފައި ވާއިރު ފިލްމުގެ ޑައިރެކްޓަރަކީ 2012ގެ ”ބީއޭ ޕާސް“ އާއި 2019ގެ ”ސެކްޝަން 375“ ފަދަ މޮޅެތި ފިލްމް ތަކެއް ޑައިރެކްޓް ކުރި އަޖޭ ބާލް އެވެ.

އަރުޖުންއާ އެކު މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ ބޫމީ ޕަޑްނޭކަރެވެ. މިއީ އެ ދެމީހުން އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. "ދަ ލޭޑީކިލަރ" އަކީ ޓީ ސީރީޒްގެ ބޫޝަން ކުމާރާއި ޕްރޮޑިއުސަރު ޝާއިލޭޝް ސިންގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *