ޖުނައިދު ބޮލީވުޑަށް ތައާރަފުވާ ފިލްމު ގެނެސްދެނީ އަންނަ އަހަރު

ޖުނައިދު ބޮލީވުޑަށް ތައާރަފުވާ ފިލްމު ގެނެސްދެނީ އަންނަ އަހަރު

Author
ފާތިމަތު ނާވީ
02 ނޮވެމްބަރ 2023 11:00
0

ސްޕަސްޓާރު އާމިރުހާން ގެ ދޮށީ ފިރިހެން ދަރިފުޅު ޖުނައިދު ހާން ބޮލީވުޑް އަށް ތައާރަފްވާ ފިލްމް "މަހާރާޖް" އަންނަ އަހަރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖުނައިދުއާ އެކު އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ ޝާލިނީ ޕާންޑޭ އެވެ. މުހިންމު ރޯލަކުން ޝަރުވާރީ ވާގް ވެސް ފެންނާނެ އެވެ. އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ "މަހާރާޖް"ގެ ކާސްޓުގައި ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ.

މި ފިލްމް އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްޗެކެވެ. މި ފިލްމް އަކީ 1862ވަނަ އަހަރުގެ މަޝްހޫރު މަހާރާޖް ލައިބެލް ކޭސްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

އިނގިރޭސީން ގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ދުވަސްވަރު ހިނގާފައިވާ މި ހާދިސާއަކީ އެގައުމުގެ ދީނީ ލީޑަރަކު ފައްޅިތަކުގައި އަންހެނުންނާއެކު ޖިންސީ ގުޅުންތައް ހިންގާކަމަށް ނޫސްވެރިއަކު ލިއުނު ރިޕޯޓަކާގުޅިގެން ހިނގި މައްސަލައެކެވެ. ޖުނައިދު ޚާން ފެނިގެންދާނީ އެމައްސަލަ ބިނާވެފައިވާ ނޫސްވެރިއާ ކަރްސަންދާސް މުލްޖީގެ ރޯލުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ 2018 ގައި ކުޅުނު ކާމިޔާބު ފިލްމު "ހިޗުކީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ އެވެ.

ޖުނައިދަކީ އެކްޓިންގގެ ދާއިރާއިން ކިޔަވައި، ސްޓޭޖް ޑްރާމާ ތަކުގައިވެސް އެކްޓްކޮށްފައިވާ ތަރިއެކެވެ. ޖުނައިދު އަކީ އާމިރުގެ ކުދިން ގެ ތެރެއިން ފިލްމީ ދާއިރާ އަށް ޝައުގުހުރި ކުއްޖެކެވެ. އާމިރުގެ 3 ކުދިން ތިބެއެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.