ޕްރިތީ އެނބުރި އަންނަނީ ސައުތު ފިލްމް އަކުން

ޕްރިތީ އެނބުރި އަންނަނީ ސައުތު ފިލްމް އަކުން

Author
ފާތިމަތު ނާވީ
01 ނޮވެމްބަރ 2023 06:55
0

ފިލްމީ ދާއިރާ އާއި ގިންދުވަސްތަކެއް ވަންދެން ދުރުގައި ހުރުމަށް ފަހު ބަތަލާ ޕްރިތީ ޒިންތާ އެނބުރި އަންނަން އުޅޭ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ މީޑިއާތަކުން ބުނެފިއެވެ.

ޕްރިތީ އެނބުރި އަންނަނީ ސައުތުގެ ފިލްމް އަކުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމަކީ ދެކުނު އިންޑިއާގެ ސިނަމާގެ މަޝްހޫރު ޑައިރެކްޓަރަކު ގެނެސްދޭ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Preity G Zinta (@realpz)

ނަމަވެސް ފިލްމް އާއި ގުޅޭ ގޮތުން ރަސްމީގޮތުން މިހާތަނަށް އަދި އެއްވެސް މައުލުމާތެއް ހިއްސާ ކޮށްފައިއެއް ނނުވެއެވެ. ފާއިތުވި އަހަރު ތަކުގައި ބޮލީވުޑްގެ ފިލްްމ ތަކުގެ މައްޗަށް ސައުތުގެ ފިލްމް ތަށް އަންނަނީ ކުރި ހޯދަމުންނެވެ. އެއާއި އެކުގައި އިންޓަނޭޝަނަލް ލެވެލް ގައިވެސް ފިލްމް ތަށް އަންނަނީ ކާމިޔާބީ ހޯދަމުންނެވެ.

ހަމަ އެހެންމެ މިހާރު ސައުތުގެ ތަރިންނާއި ބޮލީވުޑްގެ ތަރިން ގެ މިކްސް ކާސްޓަކާއި އެކުގައި ފިލްމް ގެނެސްދޭން މިހާރު ފަށައިފައިވާ އިރުގައި މިފަދަ ފިލްމް ތަކަކީ ވަރަށް ބޮޑު ކާމިޔާބެއް ލިބޭ އަދ ބެލުންތެރިންގެ ބޮޑު ތަރުހީބެއްވެސް ލިބޭ ފިލްމް ތަކެކެވެ.

 

View this post on Instagram

 

A post shared by Preity G Zinta (@realpz)

ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ޕްރިތީ ފިލްމީ މަސައްކަތާއި ދުރައްދިއައީ 2016 ވަނަ އަހަރުގައި ކައިވެނި ކުރުމަށް ފަހުގައިއެވެ. އޭނާގެ ދެ ކުދިންވެސް މިހާރު އެބަ ތިއްބެވެ. ޕްރިތީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން "ބައްޔާޖީ ސުޕަހިޓް" އެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.