އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާގެ އެތެރޭގައި ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ހަމަލާ ބަދަލުކުރަން ފަށާފައިވާކަމަށް އެގައުމުން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތަކަކީ ވަރަށް ވަރުގަދަ ހަނގުރާމައެއް ކަމަށެވެ. އެއީ މަގުމަތީގެ ހަނގުރާމަތައް އެކަނި ނޫން ކަމަށާއި، ހިގަމުންދާ ހަނގުރާމައަކީ އެއީ "ފޭސް ޓު ފޭސް" ހަނގުރާމައެއްގެ ގޮތުގައި މިހަނގުރާމަ އިސްރާއީލުގެ އަސްކަރިއްޔާއިން ސިފަކޮށްފައި ވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ ޢައްޒާގެ އެތެރޭގައި މުޖާހިދުން އިސްރާއީލުގެ ސިފައިނާ ވަރުގަދައަށް ކުރުމަތިލަމުން ދާއިރު، އިސްރާއީލު ސިފައިން ޣައްޒާގެ އުތުރުގައި ހުންނަ ހަމާސްގެ އައުޓްޕޯސްޓަކަށް ހަމަލާދީފައިވާ ކަމަށެވެ.
ހިބްރޫ ބަހުން އެކްސްގައި ކުރި ޕޯސްޓެއްގައި އިޒްރާއީލުން ބުނެފައިވަނީ، "އެތައް ސަތޭކަ ހަނގުރާމަވެރިން" މަރުވެ، ހަމާސްގެ ގިނަ އަދަދެއްގެ ހަތިޔާރު އަތުލާފައިވާ ކަމަށެވެ.
އެހެންނަމަވެސް ހަމާސް ޖަމާއަތުން ބުނެގައިވަނީ، ޣައްޒާ ސިޓީގެ ހުޅަނގު އުތުރުން އިސްރާއީލު ސިފައިންނާ އެ ޖަމާއަތުގެ ހަނގުރާމަވެރިނާ ދެމެދު ކުރިމަތިލުންތަކެއް ހިންގާފައި ވާކަމަށާއި، އެ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ އެކަކު މަރާލާ، ހަތިޔާރު އެޅި ދެ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށެވެ.
ގާޒާގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލުގެ އުދުވާންގައި މިހާތަނަށް ފަލަސްތީނުގެ 8,525 މީހުން ޝަހީދުވެފައިވާ ކަމުގައެވެ. މީގެ ތެރޭގައި 3,542 ކުޑަކުދިންވެސް ހިމެނޭކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ