މިހާރު މިއޮތީ ޕީޕީއެމް/ޕީއެންސީގެ ސަރުކަރެއްކަމަށާއި، ދެން މަސައްކަތްކުރަންވީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ހޯދުމަށްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ގައްދާރުކަމުންކަމަށެވެ. ސަރުކާރެއްގެ އެންމެ ފުަރަތަމަ ހިމާޔަތްކުރަންޖެހޭ ކަމަކީ ޜާއްޖޭގެ ސިޔާސަތުކަމަށާއި، މިސަރުކާރުން އެންމެ ފުރަތަމ ދޫކޮށްލީ ޤައުމުގެ ސިޔާސަތާއި މިނިވަންކަންކަމަށެވެ.
ގެއްލުނު ހައްގުތަކަކީ ރާއްޖޭގެ އަދި ދައުލަތުގެ ހައްގުތަކެއްކަމަށާއި، އެއީ ފަރުދެއްގެ ހައްގެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް މިނިވަންކަމާއެކު ނޭވާލެވޭނަމަ އަބަދުވެސް އެވާހަކަ ދައްކާނެ ދައްކަވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައިސް ޔާމީން ވިދާޅުވީ މިހާރު މިއޮތީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްކަމަށާއި، ދެން ކުރަންވީ ކަމަކީ ކަނޑުން ބައެއް ގެއްލުނު މައްސަލާގައި އެބައި ހޯދުމަށް މަސައްކަތްކުރުންކަމަށެވެ.
އައު ސަރުކާރުންވެސް އެންމެ ފުރަޔަމަ ކުރަންޖެހޭ ކަމަކީ އިޓްލޮސްގައި އިހްތިޖާޖު ރަޖިސްޓްރީކުރުންކަމަށާއި، އެކަމުގައި އިންތިޚާބީ ރައީސާއި މަޝްވަރާކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެންޑީއެފްގެ އެންމެ މުހިންމު މަސައްކަތަކީ ޤައުމުގެ ސިޔާދަތު ހިމާޔަތްކުރުންކަމަށާއި، ނަމަވެސް ސިޔާސީ ވެރިންގެ ނުފޫޒުގައި އެކަން ދޫކޮށްލީކަމަށެވެ. ސިޔާސި ވެރިންނަނީ ފަސް އަހަރަށް އަންނަބައެއް ކަމަށާއި، ނަމަވެސް ސިފައިނަކީ ޤާނޫނު އަސާސީ އޮތްހާ ހިނދަކު ޤައުމުގެ ދިފާޢުގައި ތިބެންޖެހޭ ބައެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސިޔާސީ ވެރިން ޤާނޫނު އަސާސީއާއި ޚިލާފަށްކުރާ ޢަމުރުތަކަށް ސިފައިންތަބާވާން ނުޖެހޭނެކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ސިފައިންނަށް އެފަދަ އެއްވެސް ޢަމުރެއްކޮށްފައި ނުވާނެކަން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ކޮށްފައިވާ އެފަދަ އެތައް ކަމެއް އައު ސަރުކާރަށް ރަނގަޅު ކުރަންޖެހިފައިވާކަމަށެވެ. އެކަމަށް މިސާލު ޖައްސަވަމުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގެ ފަސް އަހަރުގެ ކުނިގޮނޑު ސާފުކުރަން ހަވާލުވާންޖެހުނީކަމަށެވެ. އެކަމާއެކުވެސް ރައްޔިތުން ބޭނުންވާ ކަންކަން މުއިއްޒުގެ ސަރުކާރުން ކޮށްދޭނެކަމަށް ޝައްކު ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ 2013 އިން 2018އަށް އައި ކުރިއެރުމާއެކު، މި ފަސް އަހަރަކީ ރާއްޖެ 15 އަހަރުގެ ފަހަތަށް ޖައްސާލި ފަސް އަހަރުކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް މަގުމަތީ ތިބެން ރަނގަޅު ބައެއްކަމަށާއި، އެީ ވެރިކަން ކުރަން އެއްގޮތަކަށްވެސް އެނގޭ ބައެއް ނޫންކަަމަށެވެ.
ކޮމެންޓު ފޮނުވާ