ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް މިއަދަށް އެޖެންޑާ ކުރި ޖަލްސާ ބޭއްވޭ ގޮތެއް ނުވެ ޖަލްސާ ނިންމާލުމުން އެ މައްސަލަ ކޯޓަށް ހުށަހަޅަން މަޝްވަރާ ފަށައިފިއެވެ.
ނަޝީދު މަގާމުން ވަކިކުރަން ބާއްވާ ޖަލްސާ މިއަދު ބާއްވާނެކަން މެމްބަރުންނަށް ކުރިން އޮތީ އަންގައިގައެވެ. މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ، މަޖިލީހުގެ ނައިބް ރައީސް އީވާ އާލަސްކަންފުޅާ އުޅުއްވާ ކަމަށް ބަޔާން ކުރައްވާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ސަލާން ފޮނުއްވާފައިވާކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މިމައްސަލާގައި ދެން އަމަލު ކުރެވިދާނެ ގޮތެއް ނުވަތަ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދުމަށް ކޯޓަށް ދިއުމަށް ކުރަންޖެހޭ މަޝްވަރާ ކުރުމަށް އެމްޑީޕީގެ ސެކްރެޓޭރިއަޓާއި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ޖަލްސާ ބޭއްވުމަށް ކޯޓުން ހޯދަންޖެހޭ ހުއްދަ ހޯދައިގެންވެސް މިމައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދު މަގާމުން ވަކިކުރަން ކުރިން ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން މަސްލަހަތަށް ޓަކައި ކަމަށް ބުނެ އެ މައްސަލަ އަނބުރާ ގެނެސް ފަހުން އަނެއްކާވެސް އެ މައްސަލަ އަނބުރާ މަޖިލީހަށް ވެއްދީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައ ބައިވެރިވި ހުރިހާ މެމްބަރު އެމަނިކުފާނު ވަކިކުރަން އިއްތިފާގުންވަނީ ތްރީ ލައިން ވިޕެއް ފާސްވެސް ކޮށްފައެވެ.
މީގެ ކުރިން ނަޝީދު ވަނީ މި ދައުރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވިދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ