އީވާ ސަލާމުގައި ހުންނެވުމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވި މާދަމާއަށް އެޖެންޑާކުރަން ނިންމައިފި

އީވާ ސަލާމުގައި ހުންނެވުމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވި މާދަމާއަށް އެޖެންޑާކުރަން ނިންމައިފި

Author
އައިޝަތު އަޙްމަދު
29 އޮކްޓޯބަރ 2023 09:13
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުގެ ސަބަބުން، މާދަމާއަށް އެ މައްސަލަ އެޖެންޑާކުރުމަށް ނިންމާ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ސަލާމުގައި ހުންނެވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ އަމީން އާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވުމަށްފަހު ނޯޓިސް ހަމަވުމާއެކު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަށް މައްސަލަ އެޖެންޑާކުރަންޖެހޭކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ބަލަހައްޓަންވާނެކަމަށް ބަޔާޏްކުރާކަމަށާއި، ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅަ އުޅުއްވާކަމަށް ވިދާޅުވެ ސަލާމް ފޮނުއްވާފައިވާކަމަށް ނިއުޝާ ވިދާޅުވިއެވެ.

އެހެންކަމުން މާދަމާގެ ޖަލްސާއަށްވެސް މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރާނެކަމަށް ވިދާޅުވެ ވަނީ ޖަލްސާ ނިންމާލާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.