ލޯންޗް އެކްސިޑެންޓުގައި ނިޔާވި އަބްދުއްރަޝީދުގެ ޖަނާޒާ މެންދުރު ނަމާދަށްފަހު

ލޯންޗް އެކްސިޑެންޓުގައި ނިޔާވި އަބްދުއްރަޝީދުގެ ޖަނާޒާ މެންދުރު ނަމާދަށްފަހު

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2023 08:06
0

ހއ. އަތޮޅުގައި ދަތުރު ކުރަމުންދިޔަ ލޯންޗްއަކާއި ދޯންޏެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި އިހަވަންދޫ ނަޔާޑޭޒީގޭ، އަބްދުއްރަޝީދު މުހައްމަދުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.

މަރުވީ އިހަވަންދޫ ނަޔާޑޭޒީގޭ، އަބްދުއްރަޝީދު މުހައްމަދު، އުމުރުން 68 އަހަރުގެ މަރުވީ އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަބްދުއްރަޝީދުގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށްފަހު ހއ.އިހަވަންދޫ މަސްޖިދުއްތައުބާގައެވެ.

އިހަވަންދޫ ކައުންސިލްގެ މެންބަރު ރިލްވާން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ އިއްޔެ އިރުއޮއްސުނު ފަހުން ރޭގަނޑު އިރާކޮޅު ކަމަށެވެ. އެކްސިޑެންޓުވި ދޯންޏަކީ އިހަވަންދޫ ދޯންޏެވެ. އަދި ލޯންޗަކީ ހދ. ނާވައިދޫ އުޅަނދެކެވެ.

 

މި ހާދިސާގައި މަރުވި މީހާއަކީ ދޯނީގައި އުޅުނު މީހެކެވެ. ލޯންޗުގައި ތިބި ދެ މީހަކަށް ވެސް އަނިޔާ ލިބިގެން އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަދެއެވެ. މި ހާދިސާ ހިނގިއިރު، ދޯނީގައި ތިބީ ދެ މީހެކެވެ. އަދި ލޯންޗްގައި ހަތަރު މީހުން ތިއްބެެވެ. މި ހާދިސާގައި ލޯންޗްގައި ތިބި ދެ މީހަކަށް އަނިޔާވެެގެން ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.