އޭއީސީ ކޮޅަށް ފުލުހުން ލަނޑު ގޯންޏެއް

އޭއީސީ ކޮޅަށް ފުލުހުން ލަނޑު ގޯންޏެއް

Author
އިބްރާހީމް ސާޢިދު
28 އޮކްޓޯބަރ 2023 11:00
0

އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގެ ދެވަނަ މެޗު ފަސޭހަ ކަމާއިއެކު ކުޅުދުއްފުށި ޕޮލިހުން ކާމިޔާބު ކޮށްފިއެވެ.

"ޒިގްޒެގް" އިން އިސްނަގައިގެން ބާއްވާ މިމުބާރާތުގައި 11 ޓީމު ވާދަކުރެއެވެ. އޭއީސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ފުލުހުން ވަނީ 9 ލަނޑު ޖަހާފައެވެ. މެޗު ފެށުމުގެ ކުރިންވެސް ފުލުހުން މިމެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރާނެކަމަށް ބެލެވުނެވެ. ފުލުހުންގެ ތިބި ހުނަރުވެރި ކުޅުންތެރިންގެ ހިފެހެއްޓުމަށް އޭއީސީގެ ކުޅުންތެރި ހިތްވަރާއިއެކު މަސައްކަތް ކުރި ނަމަވެސް ތަޖުރިބާއާއި ހުނަރުގެ ބޭނުންކޮށް މެޗުގެ ފަރަގު ބޮޑު ތަފާތު ބޮޑު ނަތީޖާއަކުން ފުލުހުން ވަނީ މެޗު ކާމިޔާބު ކޮށްފައެވެ.

މިމެޗުގައި ހުޝާމްވަނީ 4 ގޯލު ކާމިޔާބު ކޮށްދީފައެވެ. މިމެޗުގައި ހުސެއިން މޫސާ އާއި، ހުސެއިން މުހައްމަދު މީގެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ. މިމެޗުގައި އަހުމަދު އާސިމްވެސް ވަނީ ފުލުހުންނަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުލުހުންގެ ޓީމަށް 4 ގޯލު ކާމިޔާބު ކޮށްދިނން ހުޝާމްއެވެ.

މިރޭވެސް މިމުބާރާތުގައި ފޯރިގަދަ މެޗުތަކެއް ކުޅެވިގެންދާނެއެވެ. މިރޭ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން އުރީދޫގެ ކުޅުންވެސް މިރޭ ފެނިގެންދާނެއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާ މިމުބާރާތުގެ މެޗުތައް މުޅި ރާއްޖެއަށް ފެންނާނޭހެން ހުރިހާ މެޗެއް ޒިގްޒެގް ފޭސްބުކް ޕޭޖުން ލައިވް ކުރެއެވެ. އަދި ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ މެޗުތަކުގެ ޚަބަރުތައް، ޚަބަރު އޮންލައިނާއި، ވަގުތު އޮންލައިން އަދި ޕީއެސްއެމްއިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.