އައްޑޫސިޓީގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލަކާ އެކު 150 އެނދުގެ ޓޫރިސްޓް ހޮޓަލެއް ދިވެހި ކުންފުންޖަކާ ހަވާލު ކޮށްފިއެވެ. މިމަޝްރޫޢޫ ހަވާކުކޮށްފައިވަނީ ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިސީއެމްޕީއެލް)އާ ހަވާލުކޮށްފިއެވެ.
މިމަޝްރޫޢާއި ގުޅޭގޮތުން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ މިމަޝްރޫއު ހަވާލުކޮށްފައިވަނީ 2 އަހަރުތެރޭ ނިންމާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޖުމްލަ 350 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށާއި، މަޝްރޫޢުގެ ސަބަބުން އައްޑޫގެ އިގްތިސާދަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމުގައެވެ. އޭގެ ތެރޭގައި އައްޑޫގައި ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެންދާނެކަން އޭނާ ހާމަކުރައްވާފައި ވެއެވެ.
އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ބުނާގޮތުން 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ކުރޫޒު ޓާމިނަލަލާއެކު ތަރައްގީ ކުރެވިގެގެންދާނޯ އައްޑޫ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައެވެ.
އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އާ ޕްރޮޖެކްޓެއް ފެށުމަށް ހަމަޖެހިފައިވާއިރު، އައްޑޫ އަދި ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް އަމާޒުކޮށްގެ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢު މި ސަރުކާރުން ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ