ކުރު މުއްދަތެއްގައި އެންމެބޮޑު ކާމިޔާބެއް ހޯދީ ޕީޕީއެމް/ޕީއެންސީން، ދާނީ ކުރިއަށް: ޝިޔާމް

ކުރު މުއްދަތެއްގައި އެންމެބޮޑު ކާމިޔާބެއް ހޯދީ ޕީޕީއެމް/ޕީއެންސީން، ދާނީ ކުރިއަށް: ޝިޔާމް

ގުޅުންހުރި

ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވަނީ ޕީޕީއެމް/ޕީއެންސީން ކަމަށާއި، އެކަން ރަން އަކުރުން ލިޔެވިގެންދާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީ.ޕީ.އެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕްރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށާއި، ޕީޕީއެމްގެ ރައީސް ޔާމީން އަށާއި، ޕާޓީގެ ސެނެޓަށާ ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށާ ސަޕޯޓަރުންނަށް ޝިޔާމް ވަނީ ފޮނުއްވާފައެވެ. ޝިޔާމް ވިދާޅުވީ ޕީ.ޕީ.އެމް ޕީ.އެން.ސީ ކޯލިޝަން މާޒީ ކުރީ އަދި ކުރާނީ ކުރު މުއްދަތެއްގައި ރާއްޖޭގެ ސިޔާސީ ތާރީޚު ރަންއަކުރުން ލިޔާ ދުވަސްތަކެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ އަހަރީ ދުވަހާއި ކުރިމަތިލާއިރު އޮތް އެންމެ ބޮޑު އުފަލަކީ ވެރިކަން އަލުން ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ވެފައި އޮތުން ކަމަށެވެ. ނަމަވެސް ބޮޑު ހިތާމައަކީ ޕީޕީއެމްގެ ރައީސް، ޔާމީންގެ ޝަރީއަތް މަޘޑު ޖެހިފައި އޮވެ އެމަނިކުފާނަށް ނުހައްގުން ލިބެމުންދާ އަނިޔާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕާޓީގެ ލޮބުވެތި މެންބަރުންނަށް ފަށްފަށުން ހިތުގެ ޚާލިސް ޝުކުރު. ޕީ.ޕީ.އެމް ގެ 12 ވަނަ އަހަރީ ދުވަސް ބައްދަލުކުރި އިރު ރައްޔިތުންނަށް އެންމެބޮޑު އުންމީދެއް ގެނެސް ދެނީ ދިވެހީންގެރާއްޖޭގެ ވެރިކަން ކުރެއްވުމަށް ޑރ. މުޢިއްޒު ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ރައްޔިތުން ޚިޔާރުކުރެއްވި ކުރެއްވުން. އަދި މިއަދު އަޅުގަނޑުމެންނަށާ މުޅި ޕާޓީއަށް ލިބޭ އެންމެ ބޮޑު ހިތާމައަކީ ރައީސް ޔާމީން ޙައްޤުނޫން ޙުކުމެއްގައި ޝަރީޢަތްތައް ކުރިޔަށް ނުގެންދެވި ހައްޔަރުގައި ހުންނަވާ ހުންނެވުން. އެމަނިކުފާނުގެ ހައިކޯޓު އިސްތިޢުނާފު އަޑުއެހުންތައް ކުރިޔަށް ނުގެންދެވި ލަސްވާ ލަސްވުމަކީ ބަލައިގަނެވޭ ކަމެއްްނޫން.

– ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމް އުފައްދައިގެން އެންމެ ފުރަތަމަ ކުރިމަތިވި 2013ގެ ރިޔާސީ އިންތިޚާބު ކާމިޔާބުރީ ރާއްޖޭގެ ތަރައްޤީއަށް ބޮޑު ބަދަލެއް ގެނުވި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި މިހާރުގެ ޕީޕީއެމްގެ ރައީސް ޔާމީނެވެ. އެއަށްފަހު ކުރިމަތިވި މަޖިލިސް އިންތިޚާބާއި، ކައުންސިލް އިންތިޚާބު ޕީޕީއެމްއިން ވަނީ ކާމީޔާބު ކޮށްފައެވެ. މިއީވެސް ބޮޑު ކާމިޔާބީއެކެވެ.

އެއަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ޕީޕީއެމްއަށް ގެއްލުނެވެ. ސަރުކާރުގެ ނުފޫޒާއި ބާރާއި، އެނޫންވެސް ގިނަ ގޮންޖެހުންތަކާއިއެކު 5 އަހަރު މަގުމަތީގައި ކުރި ބުރަމަސައްކަތަށްފަހު އަނެއްކާވެސް ޕީޕީއެމް/ޕީއެންސީން ވަނީ ވެރިކަމަށް އައިސްފައެވެ. މިފަހަރު އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު އިންތިޚާބު ކާމިޔާބު ކުރީ މިހާރުގެ ރައީސް ޞާލިހުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯއްދަވައިގެންނެވެ.

އިންތިޚާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ނަމަވެސް ޕީޕީއެމް/ޕީއެންސީއަކީ އެއްކޯލިޝަނެއްގައި އެއް ސިޔާސަތެއްގެ ތެރެއިން އެއް އަމާޒަކަށް މަސައްކަތް ކުރި އެއް ފިކުރެކެވެ. މިއަދު ޕީޕީއެމްގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު އޮތް ހިތްހަމަ ޖެހުމަކީ ދެވަނަ ފަހަރަށް ވެރިކަމަށް އާދެވުމުގެ ހިތްހަމަ ޖެހުމެވެ.

ނަމަވެސް އޮތް ނުތަނަވަސް ކަމަކީ ޕާޓީގެ ރައީސް ޔާމީން އަދިވެސް މިނިވަން ނުވެ ބަންދުގައި ހުރުމެވެ. އިންތިޚާބީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރައީސް ޔާމީން ވަނީ ގެޔަށް ބަދަލު ކުރައްވާފައެވެ. ނަމަވެސް ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން އެމަނިކުފާނަށް އަދި ޖަލުހުކުމް މިނިވަން ނުވެވެއެވެ. މިއީ އަހަރީ ދުވަހު އެޕާޓީގެ މެމްބަރުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ