ގާނޫނާއި ގަވައިދާ ހިލާފަށް ކުންފުނިތަކުން ރަސްމީ ތަކެތި ނައްތާލަމުންދާނަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީީބީ) އިން ދީފިއެވެ.
އެ ކޯޕަރޭޝަނުން އިންޒާރު ދިނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ތިލަފުށީގައި ނައްތާލި މައްސަލައަކާ ގުޅިގެންނެވެ. އެހެންވެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ބީސީބީގައި އެދިފައެވެ.
ޕީސީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބައެއް ކުންފުނިތަކާއި އެ ކުންފުނިތަކުގެ ބައެއް ސަބްސިޑިއަރީ ކުންފުނިތަކުން އެ ކުންފުނިތަކުގެ ރަސްމީ ލިޔުންތައް ނައްތާލުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ތުހުމަުކޮށް އޭސީސީއަށް އެކި ފަރާތްތަކުން މައްސަލަ ހުށަހަޅުއްވަމުން ގެންދާ ކަމަށެވެ.
ހަވާލާދީފައިވާ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ ހިލާފަށް އެއްވެސް ކުންފުންޏަކުން އެ ގަވައިދުގައި ބަޔާން ކޮށްފައިވާ ފަދަ ރަސްމީ އެއްވެސް އެއްޗެއް ނައްތާލަތަކުގެ މައުލޫމާތެއް ނުވަތަ ނައްތާލައިފިކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެފަދަ ފަރާތްތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނަން.
– ޕީސީބީން ބުންޏެވެ.
އެފަދަ އަމަލުތަކަށް ސަމާލުވެ އެކަންކަން ވިޔަނުދިނުމަށާއި ހުއްޓުވުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އޭސީސީން އެ ބޯޑުގައި އެދިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އޭގެ އިތުރުން އަމިއްލަ ފަރާތްތަކު ވެސް އެ ބޯޑުގެ ސަމާލުކަމަށް އެފަދަ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
ރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނު ގެ ދަށުން ހަދާފައިވާ ދިވެހު ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑުތަކާއި، މައުލޫމާތު ނައްތާލުމާއި ބެހޭގޮތުން އަމަލުކުރަންވީ ގޮތުގެ ގަވައިދުގެ 3 ވަނަ މާއްސާގެ ދަށުން ދައުލަތުގެ މައައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑްރަކާއި މައުލޫމާތު ނައްތާލަން ބޭނުންވެއްޖެނަމަ، ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލަށް އެކަން އަންގަންވާނެކަމަށް ބަޔާންކޮށްފައިވާނެ. އަދި އެފަދަ ތަކެތި ނައްތާލެވޭނީ އެ ގަވައިދުގައިވާ ގޮތަށް ކަމުގައި ވެސް ބަޔާންކޮށްފައިވާނެ.
– ޕީސީބީން ބުނެފައިވެއެވެ.
އެހެންކަމުން ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ ހިލާފަށް އެ ކުންފުންޏެއްގެ ރަސްމީ އެއްވެސް ލިޔުމެއ،ް ފޮޓޯއެއް، ޗާޓެއް، ރިކޯޑެއް، މައުލޫމާތެއް ނައްތާލުމުގެ އެއްވެސް އަމަލެއް ނުހިންގެވުމަށާއި، އެފަދަ ތަކެތި ނައްތާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް އެ ކުންފުންޏަލަށް ފެންނަނަމަ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކު ކުރުމަށް ޕީސީބީން އަންގާފައިވެއެވެ. އަދި އެކަން އެގޮތަށް ހިނގާކަން ކުންފުނިތަކުގެ ޑިރެކްޓަރު ބޯޑުންނާއި މެނޭޖްމަންޓުން ކަށަވަރު ކުރުމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ ހިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ އެއްވެސް އެއްޗެއް ނައްތާލާކަމުގެ މައުލޫމާތެއް ނުވަތަ ނައްތާލައިފިކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ އެފަދަ ފަރާތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ޕީސީބީން ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ