ކުޑަކުއްޖަކަށް އަނިޔާކުރި އިންޑިއާ އަންހެނެއް ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް އަނިޔާކުރި އިންޑިއާ އަންހެނެއް ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2023 11:34
0

ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރުމުގެ ތުހުމަތުގައި އިންޑިއާ އަންހެނެއް ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާގެ އުމުރުން 22 އަހަރުގެ އަންހެނެކެވެ. އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ލިބިފައިވެއެވެ. އޭގެ ތެރޭގައި ހުށަހެޅިފައިވާ ބަޔާންތަކާއި ކުއްޖެއްގެ ގައިގައި ޖަހާފައިވާ ކަމަށް ބެލެވޭ ވީޑިއޯ ހިމެނެއެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ ކުޑަކުއްޖެއްގެ ގައިގައި ޖެހުމުގެ ކުށް ކަމުގައިވާއިރު ކުށުގައި އޭނާ ބައިވެރިވެފައިވާ ގޮތާޢި މި ކުށަކީ އޭނާ ބަލަހައްޓާ ކުއްޖަކާމެދު ހިންގާފައިވާ ކަމެއްކަމުގައިވާތީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށްވެސް އަމުރުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.