މީގެ 7 އަހަރު ކުރިން ހަށިވިއްކި 2 އަންހެނަކު 4 މަހަށް ޖަލަށް

މީގެ 7 އަހަރު ކުރިން ހަށިވިއްކި 2 އަންހެނަކު 4 މަހަށް ޖަލަށް

ގުޅުންހުރި

މީގެ 7 އަހަރު ކުރިން ހަށިވިއްކި ދެ އަންހެނަކު 4 މަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން 4 މަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ، ސްޕަންޖްގެ، މަރްޔަމް އަޝްފާ އާއި ނ. ވެލިދޫ، ގުލިސްތާނުގެ، އާއިޝަތު ރިޒްނާއެވެ. ކުރިމިނަލް ކޯޓުން ބުނެފައިވަނީ ދެމީހުންވެސް ޝަރުޢީ މަރުހަލާގައި ކުށަށް އިންކާރު ކުރި ނަމަވެސް، ދެމީހުންގެ މައްޗަށް ކުށް ސާބިތުވާވަރަށް ދައުލަތުގެ ފަރާތުން ހެކި ހުށަހަޅާފައެވެ.

މިމައްސަލާގައި ހުކުމް ކޮށްފައިވަނީ ފާއިތުވި ހޮނިހިރު ދުވަހެއެވެ. ގާޒީ ހުކުމް ކޮށްފައިވަނީ ދެމީހުންވެސް 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ.

މިމައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓު ކުރިމިނަލް ކޯޓުން އާންމު ކޮށްފައެއް ނުވެއެވެ. ކުރިމިނަލް ކޯޓުން ރިޕޯޓު އާންމު ކޮށްފައިނުވާ ސަބަބެއްގެކަމުގައި ބުނެފައިވަނީ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމުގައެވެ.

ރާއްޖޭގައި ވަކީން ޚާއްސަކޮށް މާލޭގައި ދޭތެރެ ތޭރެއިން ހަށިވިއްކުމުގެ އަމަލްތައް ފަޅާއަރާ، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ބިދޭސީންނާއި ދިވެހީންވެސް ހިމެނެއެވެ. ހަށިވިއްކުމުގެ އަމަލްތައް މާލެއާއި ހުޅުމާލޭގައި ހިންގުމުގެ ބޭނުމުގައި މަސާޖު ޕާލާތަކާއި ސްޕާތައްވެސް ހިންގަމުން ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ