މާލޭގެ ކެނެރީ މަގުގައި ރޭ މާރާމާރިއެއް ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކެނެރީގެ މަގުގައި މާރާމާރިއެއް ހިންގާ ރޭ 10:05 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ކެނެރީ މަގުގައި މާރާމާރީ ހިންގާފައިވަނީ ހައްޔަރުކުރި މީހާއާއި އިތުރު ބައެއް ވެގެން ކަމަށެވެ. އަދި ހައްޔަރުކުރީ މި މާރާމާރީ ހިންގި އިރު އެކަމުގައި ބައިވެރި މީހެއް ކަމަށެވެ. މައުލޫމާތު ދިން މީހާ ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ވެސް މާރާމާރީގައި އިސްކޮށް ހުރި މީހާއެވެ.
މިކަމާއި ގުޅުން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ