މާލެ ސިޓީގެ ކައުންސިލް މެންބަރު އައިފާނުވެސް މަޖިލީހަށް ވާދަކުރަނީ

މާލެ ސިޓީގެ ކައުންސިލް މެންބަރު އައިފާނުވެސް މަޖިލީހަށް ވާދަކުރަނީ

Author
އައިޝަތު އަޙްމަދު
24 އޮކްޓޯބަރ 2023 05:06
0

މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު އައިފާން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމައިފިއެވެ. އޭނާ ވާދަކުރަން ނިންމާފައިވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ.

އޭނާ ވަނީ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާނެކަމަށް ވިދާޅުވެފައެވެ. އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށް ކުރެއްވި ޓްވީޓްގައި އައިފާން ވިދާޅުވީ، ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއި އެކު މަސައްކަތްކުރެވޭނެ އަދި ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އޭނާ ވާނެކަމަށެވެ.

އަޅުގަނޑު އެދެނީ ހެންވޭރު އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އަޅުގަނޑަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބި ކޮށްދެއްވުން.

– އަޙްމަދު އައިފާން ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބުކުރުމާއެކު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން ބައެއް ފަރާތްތަކުން އަންނަނީ އިއުލާންކޮށް ކެމްޕެއިން ކުރަމުންނެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައެވެ. އަންނަ 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ފައިސާލިބެންޗާއައިފާނެއްނޫންކަސްފާނުވެސްމަހިލީހަށްކުރިމަތިލާނެ