ނަޝީދު ބޭނުންފުޅުވަނީ، ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން

މަޖިލިހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

މަޖިލިހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

ރައްޔިތުންގެ މަޖިލިހުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިނުވާތާ 11 އަހަރަށްފަހު، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔުތުންގެ މަޖިލިހުގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާތާ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާތީ، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ފެންނަކަމަށް އާންމު ކޮމިޓީން ލަފާދީފައިވާތީ، މުސާރަ ބޮޑުކުރުމުން ހިގާނެ ޚަރަދު ސާފުކުރުމަށް މަޖިލިހުގެ އިދާރާއަށް މިހާރު ވަނީ ފޮނުވާފައެވެ.

މުސާރައާއި ގުޅޭގޮތުން އާންމު ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި ހުށަހަޅާފައިވަނީ އެލަވަންސްތައް ބޮޑުކުރުމަށް ކަމުގައެވެ. ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ އަސާސީ މުސާރައަށް ބަދަލު ގެނައުމުން ޕެންޝަނަށް ދައްކަންޖެހޭ އަދަދު ބޮޑުވެ، އަދި އިތުރުގަޑީގެ ފައިސާވެސް ބޮޑުވެ، ބަޖެޓަށް ބާރު ބޮޑުވާނެތީ ކަމުގައެވެ.

މަޖިލިސް މުވައްޒަފުންގެ އެލަވަންސްތަކަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތައް:

  • ޕާލިމަންޓް ސާވިސް ނަމުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200ރ ހާޟިރީ އެލަވަންސަށް ބަދަލު ކުރުން
  • ޕާލިމަންޓްރީ ސާވިސް އެލަވަންސްއަށް ބޭސިކްގެ މުސާރައިގެ 20 ޕަސެންޓް ދިނުން،
  • މާސްޓާސް ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 1،500ރ އިން 2،000ރ އަށް ބޮޑުކުރުން،
  • ޑިގްރީ ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 1،000ރ އިން 1،500ރ އަށް ބޮޑުކުރުން،
  • ޑިޕްލޮމާ ސެޓްފިކެޓް އޮންނަ މުވައްޒަފުންގެ އެލަވަންސް 7،00ރ އިން 1،000ރ އަށް ބޮޑުކުރުން
  • ޓެކްނިކަލް ސެޓްފިކެޓް އޮންނަ މުވައްޒަފުންނަށްދޭ އެލަވަންސް 500ރ އިން 700ރ އަށް ބޮޑުކުރުން
  • މަޖިލީހުގެ ޖަލްސާތަކަށާއި ހާއްސަ އިވެންޓުތަކަށް ކޯޓު ލައިގެން ހާޒިރުވާންޖެހޭ މުވައްޒަފުންނަށް އަހަރަކު ދެ ފަހަރު ދޭ 5،100ރ. ގެ އެލަވަންސް ކުޑަކޮށް، އެ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ދިނުން

ރައްޔިތުންގެ މަޖިލުހުގެ އަންނަ އަހަރުގެ ހިންގުމަށް ހިނގާނެ ބަޖެޓުގެ ގޮތުގައި މިހާރު މަޖިލިހުގެ ކޮމިޓީއަށް ހުށަހަޅާފައިވަނީ 187 މިލިއަން ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *