ނައްތާލީ ބޭނުންނުކުރާ، އެތައް އަހަރެއްވީ ލިޔެކިޔުންތަކެއް: އެފްއެސްއެމް

ނައްތާލީ ބޭނުންނުކުރާ، އެތައް އަހަރެއްވީ ލިޔެކިޔުންތަކެއް: އެފްއެސްއެމް

Author
އައިޝަތު އަޙްމަދު
23 އޮކްޓޯބަރ 2023 01:04
0

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ނައްތާލާ ލިޔެކިޔުންތަކަކީ، އެތައް އަހަރެއްވަންދެން ގުދަންކޮށްފައިިހުރި ބޭނުންނުވާ ލިޔެކިޔުންތަކެއްކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް އިން ބުނެފިއެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރުކަމަށް ބުނާ ވީޑިއޯއެއް އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ސަރުކާރު ބަދަލުވާ އިންތިޤާލީ މަރުހަލާގައި އެއްވެސް ލިޔެކިޔުމަށް ބަދަލު ގެނައުމާއި ނައްތާނުލުމަށް އިންތިޚާބީ ރައީސްގެ އޮފީހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއާއި ގުޅިގެން ޢަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން އެފްއެސްއެމުން ބުނީ، އެއީ އެއްވެސްގޮތަކަށް އެކުންފުންޏަށް މިހާރު ބޭނުންކުރެވޭނެ ލިޔެކިޔުންތަކެއް ނޫންކަމަށެވެ. އެގޮތުން ނައްތާލީ އެތައް އަހަރެއްވަންދެން ގުދަންކޮށްފައިހުރި ލިޔެކިޔުންތަކެއްކަމަށް އެކުންފުނިން ބުންޏެވެ.

އަދި އެފަދަ ވީޑިއޯ ނަގައި މީސްމީޑިއާގައި ޙަޤީޤަތް އޮޅޭގޮތަށް ދައުރުކުރަމުންދަނީ، އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަޞައްވުރެއް އުފައްދައި، ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަމަށް ކުންފުނީގެ މެނޭޖްމަންޓުން ދެކޭކަމަށްވެސް ކުންފުނީގެ ފަރާތުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.