ފާއިތުވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވުމަށް ކުރިމަތިވި އެންމެ ބޮޑު ނުޒޫޒަކީ އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގު ވާހަކަތައް ކަމުގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވައިލާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ގަރާރަށް މިއަދުގެ މަޖިލިސް ޖަލްސާގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ހަގީގަތުގައި އެއީ އިންތިހާބެއްގެ ތެރޭގައި އުފެއްދޭނެ އެންމެ ބޮޑު ނުފޫޒު.
ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ފޯރުވާ އެންމެ ބޮޑު ނުފޫޒަކީ ދޮގާއި އުފައްދާ ވަހުމްކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފާއިތުވި ރިޔާސީ އިންތިޚާބުގައިވެސް ފެނިގެންދިޔަ އެންމެ ބޮޑު ނުފޫޒަކީ އެއީ ކަމަށާއި، ނޫސްތަކުގައާއި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ސިޔާސީ ފަރާތްތަކުން ކަނޑައެޅިގެން ބުހުތާން ދޮގުތައް ފަތުރަމުން ގޮސްފައިވާ ކަމުގައެވެ.
އަދި އަސްލަމް ވިދާޅުވީ، ރާއްޖޭގައި ފަތުރަމުންދިޔަ ދޮގު ވާހަކަތަކުގެ ސަބަބުން އިންތިޚާބަށް ނުފޫޒު ފޯރާފައިވާކަމަށް އިންތިޚާބު މޮނިޓަރ ކުރުމަށް އައި ބޭރުގެ އޮބްޒާވަރުންވެސް ވިދާޅުވެފައި ވާކަމަށާއި އެކަން ޚުދު ރައީސް ސާލިހުވެސް ފާހަގަ ކުރައްވާފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ