ވާޖިން އެޓްލާންޓިކްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

ވާޖިން އެޓްލާންޓިކްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ. މި އެއަރލައިންގެ ދަތުރުތަށް ރަސްމީކޮށް ފެށުން ފާހަގަ ކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ ރައްމިއްޔާތެއްވެސް ބާއްވާފައެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ ވާޖިން އެޓްލާންޓިކްއިން ރާއްޖެއަށް ދަތުރު ފެށުމުން ލަންޑަން ހީތްރޯ އާއި ރާއްޖެ ސީދާމަގުން ގުޅުވައިދޭނެ ކަމުގައެވެ.

މިއަދު ހެނދުނު 07:40 ގައި ވީއައިއޭގައި މި އެއަރލއިންގެ ފުރަތަމަ ފްލައިޓް ޖެއްސުމުން، މިއީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އާ ބާބެއް ފެށުންކަމުގައިވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

ވާޖިން އެޓްލާންޓިކްއަށް މަރުހަބާ ކިއުމަށް މިއަދު ވީއައިއޭގައި ޝޭއްވި ހަރަކާތުގެ ތެރެއިން

ވާޖިން އެޓްލާންޓިކް މަތިންދާބޯޓަށް މަރުހަބާ ދެންނެވީ ދިވެހި ބޮޑުބެރުގެ އާދަޔާ ހިލާފު ސަގާފީ ޑާންސް ހުށަހެޅުންތަކާއެކުއެވެ. އެ އެއާލައިންގެ ބޮއިން 787 ޑްރީމްލައިނާގައި 31 އަޕަ ކްލާސް، 35 ޕްރިމިއަމް އަދި 192 އިކޮނޮމީ ޑިލައިޓް، ކްލެސިކް އަދި ލައިޓް ސީޓުގައި ހަފުތާއަކު ތިން ފަހަރު ހިދުމަތް ދެމުންދާނެއެވެ.

މި އެއަރލައިންއިން ދަތުރުކުރާ ކަސްޓަމަރުންނަށް ވާޖިން އެޓްލާންޓިކްގެ އަޕަ ކްލާސް އިން ފުލް ފްލެޓް (އޮށޯވެވޭގޮތަށް ހުންނަ) އެނދާއި ރޭގަނޑުގެ ކެއުމާއެކު އޮންބޯޑް ބާއަކާއި އަދި އެކުގައި ދަތުރުކުރާ ވިޔަފާރުވެރިންނާ ގުޅުންބަދަހި ކުރެވޭނެ އިންތިޒާމްވެސް މި އެއަރލައިންގައި ގާއިމް ކުރެވިފައި ހުރެއެވެ.

އަދި ޕްރީމިއަމް ކަސްޓަމަރުންނަށް ލަގްޒަރީ ލެދަރ އާމްޗެއާގައި 38 އިންޗި ސީޓް ޕިޗާއެކު އަރާމުކޮށްލެވޭއިރު، ބޯޑިންގ ކުރުމުގައި އިސްކަންދީ އަދި ވެލްކަމް ޑްރިންކްސް އެރުވޭނެއެވެ.

ކަސްޓަމަރުން ފްލައިޓްގެ ކޮންމެ ކެބިންއެއް އިޚްތިޔާރު ކުރިކަމުގައިވި ނަމަވެސް، ކޮންމެ މީހަކަށްވެސް ހިލޭ ކެއުމާ ބުއިން އަދި، 300 ގަޑިއިރަށްވުރެ ގިނައިރު މުނިފޫހިފިލުވުމުގެ ޚިދުމަތުގެ އިތުރުން، ވާޖިން އެޓްލާންޓިކްގެ އައިކޮނިކް ކެބިން ކްރޫގެ ފަރާތުން ހޫނު މަރުހަބާއެއް މިއެއަރލައިނުން އަރުވާނެކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *