ފިލްމީ ދާއިރާއާއި ދުވަސްކޮޅަކަށް ދުރަށް ދިޔަކަން އިއުލާންކުރުމަށްފަހު، މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަން ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ނިންމައިފިއެވެ. ފިލްމީ ދާއިރާއިން ބްރޭކެއް ނެގިކަން ސީޒަން އިއުލާންކުރީ މިމަހުގެ ކުރީކޮޅެވެ. އަދި މަޖިލިސް އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރީ މިއަދުއެވެ.
ސީޒަން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނިންމީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ. އޭނާ ވަދަކުރަން ނިންމާފައިވަނީ ތުލުސްދޫ ދާއިރާއަށެވެ.
ތުލުސްދޫ ދާއިރާގައި ހިނެނީ އެރަށުގެ އިތުރުން ދިއްފުށްޓެވެ.
ސީޒަން ވަނީ އެދާއިރާގެ ރައްޔިތުންނާ މިހާރު ގާތް ގުޅުމެއް އޮންނަކަމަށް ވިދާޅުވެފައެވެ. އަދި އެ ދާއިރާގެ ރައްޔިތުންގެ ލަބައާއި ތަރައްޤީއަށް މަސައްކަތްކުރައްވާނެކަމަށްވެސް ސީޒަން ވިދާޅުވިއެވެ.
ސީޒަން ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޑރ. މުޙައްމަދު މުޢިއްޒަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރައްވާފައެވެ. ކެމްޕެއިނަށް އެކި ރަށްރަށް ސީޒަން ވަނީ ވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ