ދިގު މުއްދަތަކަށް ވިނަރެސް ފްލެޓްތަކަށް ފައިސާ ދައްކާ މީހުން އަތުން ނަގާ އިންޓްރަސްޓް %6 އަށް ކުޑަކޮށްފި

ދިގު މުއްދަތަކަށް ވިނަރެސް ފްލެޓްތަކަށް ފައިސާ ދައްކާ މީހުން އަތުން ނަގާ އިންޓްރަސްޓް %6 އަށް ކުޑަކޮށްފި

Author
ހުސެއިން
22 އޮކްޓޯބަރ 2023 05:41
0

ވިނަރެސް ފްލެތްތަކަށް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާފަރާތްތަކުން ދައްކަންޖެހޭ އިންޓަރެސްޓް 6 އިންސައްތައަށް އާބަންކޯއިން ކުޑަ ކޮށްފިއެވެ.

އާބަންކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ކުލިދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް ނުވަ އިންސައްތަ އިން ހަ އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ

މި އިއުލާންގައި ވާގޮތުން މި ގެނެވުނު ބަދަލާއެކު، ދިގު މުއްދަތަކަށް ބަހާލައިގެން ފްލެޓްތަަކށް ކުލި ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި އިތުރަށް ލުއި ފަސޭހަކަން ގާއިމް ވެގެން ދާނެއެވެ. އާބަންކޯއިން ބުނެފައިވަނީ މި ބަދަލަކީ ހަމައެކަނި ދިގު މުއްދަތަކަށް ބަހާލައިގެން ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ގެނެވުނު ބަދަލެކެވެ.

އާބަންކޯއިން ބުނެފައިވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެކުންފުނިން މިހާރުވެސް ގިނަގުނަ މަސައްކަތަކެއް ކުރަމުންދާއިރު، ހުޅުމާލޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެކުންފުނިން ހިންގާ ވިނަރެސް މަޝްރޫއުގައި މިހާތަނަށް 288 ފަރާތަކާ އެކު އެގްރީމެންޓްގައި ސޮއި ކުރެވިފައިވާ ކަމުގައެވެ.

އާބަންކޯއިން އިތުރަށް ބުނެފައިވަނީ، 10 ޓަވަރުގެ ވިނަރެސް މަޝްރޫއަކީ މެދުފަންތީގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން އެކުންފުނިން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ވާއިރު، މިއީ އާބަންކޯއިން ހިންގާފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެއްވެސް މައްސަލައަކާ ކުރިމަތިލާން ނުޖެހި ވަރަށް ފުރިހަމަޔަށް ކުރިޔަށް ގެންދެވިފައިވާ މަޝްރޫޢެއް ކަމުގައެވެ.

ވިނަރެސް ފްލެޓްތައް ހުންނަނީ ވަނީ 13 ބުރީގެ 10 ޓަވަރުގައެވެ. މިއީ ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓެވެ. މި ތަންތަނަށް ކުރިމަތި ލުމަށް ހުޅުވާލީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ.

މި މަޝްރޫއުގެ ތެރެއިން ހިޔާ ފްލެޓްތަކުން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފް އަދި ގުޅީފަޅު މަޝްރޫއިން ތަންތަން ލިބުނު މީހުންނަށް އެޕާޓްމެންޓްތައް ވަނީ ދޫކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.