ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހިންގެ ނަމުގައި އެޤައުމުގެ ރައްޔިތުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިންނެވެ. މިގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އެއްލައްކަ ޑޮލަރު ވަނީ އާއިލާތަކަށް ދީފައެވެ. 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން އެހީ ދީފައިވާކަމަށް އައިއޭސީން ބުންޏެވެ.

ފައިސާ ބަހާފައިވަނީ މާރުކޭޓުތަކާއި ފިހާރަތައް މިހާރުވެސް ހުޅުވާ، މަސައްކަތް ކުރާ ސަރަހައްދަށްކަމަށް އައިއޭސީން ބުންޏެވެ. ފައިސާ ބެހުމުގައި އުޅެފައިވަނީވެސް އައިއޭސީގެ މަސައްކަތްތެރިންނެވެ.

އައިއޭސީން އަންނަނީ ތަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ގިނަ ހަރަކާތްތަކެއް އިންތިޒާމުކުރަމުންނެވެ. މިގޮތުން ބޭއްވި ޓެލެތޯނަށްވެސް 13 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތިވެސް ދަނީ ފޯރުކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ