ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޑިސެމްބަރުމަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމުގައި އެޕާޓީން ބުނެފިއެވެ.
މަޖިލިސް ޕްރައިމަރީ އަންނަ ޑިސެމްބަރުމަހު ބޭއްވުމަށް އެޕާޓީން ވިސްނަމުންދިޔަ ނަމަވެސް ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެމްޑީޕީންވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށްވެސް ވާދަކުރުމަށް ނިންމާފައެވެ.
އެމްޑީޕީން ބުނެފައިވަނީ އަންނަ ޑިސެމްބަރުމަހު މަޖިލިސް ޕްރައިމަރީ ބޭއްވުމަށް އެޕާޓީން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖެނުއަރީމަހު މާލޭސިޓީގެ މޭޔަރުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ކަމުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މަޖިލިސް އިންތިޚާބު އަންނަ އަހަރުގެ މާރޗުމަހުގެ ފަހުކޮޅު ނުވަތަ އެޕްރިލްމަހުގެ ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.
ކޮމެންޓު ފޮނުވާ