ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ޓްރިލޮޖީ "ރާމާޔާން" ގެ ރޯލަކުން ސަނީ ޑިއޯލް ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
2018 ވަނަ އަހަރުގެ ފިލްމް "ކޭޖީއެފް" އިން ވިދާލި ކަންނާޑާ އެކްޓަރު ޔާޝް ބޮލީވުޑްއަށް ތައާރަފްވާ މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ ސައި ޕައްލަވީ ވެސް ބޮލީވުޑްއަށް ތައާރަފް ވުމަށް ނިންމައިފައިވާ ކަމަށް މިފަހުން ވަނީ މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މި ފިލްމްގެ އެއް ބަތޮލަކީ ރަންބީރު ކަޕުރުއެވެ. އަދި މީގެ ކުރިން ނޫސްތަކުން ވަނީ މި ފިލްމްގެ ބަތަލާ އަކަށް ނަގައިފައިވަނީ ރަންބީރު ގެ އަންހެނުން އާލިއާ ބަޓް ކަމަށް ބުނެ ފައިއެވެ. ނަމަވެސް ފަހުން މި ފިލްމްގެ ލީޑަށް ސާއި ނަގައިފައިވާ ކަމަށް ވެއެވެ.
އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަ ރާމާޔަން އަށް ބިނާކޮށް ހަދާ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، މި ޓްރިލޮޖީ އިއުލާންކުރީ 2018 ގަ އެވެ. މީގެ ޑައިރެކްޓަރު ނިތޭޝް އަކީ "ޑަންގަލް" އާއި "ޗިޗޯރޭ" ފަދަ ކާމިޔާބު ފިލްމުޔައް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރެވެ.
މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި "ގަދަރު 2″ ގެ ބޮޑު ކާމިޔާބީއާ ގުޅިގެން ސަނީ ޑިމާންޑް ވަރަށް ބޮޑަށް އުފުލިފައިވާ އިރު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އޭނަ ވަނީ އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ލާހޯރް: 1947″ އެވެ.