ފުލުހެއްގެ އަނގަމަތި ފަޅާލި މީހަކު 2 އަހަރަށް ޖަލަށް

ފުލުހެއްގެ އަނގަމަތި ފަޅާލި މީހަކު 2 އަހަރަށް ޖަލަށް

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2023 10:43
0

ފުލުހަކަށް ހަމަލާދީ އަނގަމަތި ފަޅާލި މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ނ. ހޮޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އާދަމް ޝަރީފް ބެއްލެވި މައްސަލައިގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ހޮޅުދޫ، ނަސީމީވިލާ، އަލީ ނިޒާމުއެވެ.

ހުކުމްގައިވާ ގޮތުން މިއަހަރުގެ ކުރީކޮޅު ހިނގި މިހާދިސާގައި ނިޒާމު ވަނީ ފުލުސް މީހާގެ ކަރުގައި ހިފައި މާރާމާރީ ހިންގުމަށްފަހު އަނގަމަތި ފަޅާލާފައެވެ. ނިޒާމު ވަނީ ދެ ފުލުހަކަށް ހަމަލާދީފަ އެވެ. ފުލުހުން ދެކެ ނިޒާމު ހިތްހަމަނުޖެހުނީ އޭނާ ދިރިއުޅޭ ގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދޭ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން އެ ގެއަށް ދިއުމުންނެވެ.

ދައުލަތުން ނިޒާމުގެ މައްޗަށް ކުރި ދައުވާގައި އަނިޔާއެއް ދިނުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެ ލުއި އަދަބެއް ދިނުމަށް ގާޒީގެ ކިބައިން އެދިފައެެވެ. ގާޒީ ނިންމެވީ އޭނާ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.