މާލޭގެ މައި މަގުތަކުގައި ތާރުއަޅާނަން، ހަނި ގޯޅިތައް އަލުން ގައު އަތުރައިގެން ތަރައްޤީކުރާނަން: ޑރ.މުޢިއްޒު

މާލޭގެ މައި މަގުތަކުގައި ތާރުއަޅާނަން، ހަނި ގޯޅިތައް އަލުން ގައު އަތުރައިގެން ތަރައްޤީކުރާނަން: ޑރ.މުޢިއްޒު

Author
އައިޝަތު އަޙްމަދު
12 އޮކްޓޯބަރ 2023 09:49
0

މާލޭގެ މައި ހުރިހާ މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ މިސަރުކާރުން ތާރުއަޅައިގެން ތަރައްޤީކުރަމުންދިޔަ އަމީނީ މަގު ނުނިންމުނުކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި މުޅި މާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށާއި، އެގޮތުން މައި ހުރިހާ މަގެއްގައި ތާރު އަޅާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އަދި ހަނި ގޯޅިތައް އަލުން ގާ އަތުރައިގެން ތަރައްޤީކުރައްވާނެކަމަށާއި، މި މަޝްރޫޢު ކުރިއަށް ގެންދަވާނީ ބަހާލައިގެންކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން ވަނީ މާލޭ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށާފައެވެ. ނަމަވެސް މި ދައުރު ނިމެން ކައިރިވީއިރުވެސް މަގުގެ އެއްބައި އަދިވެސް ވަނީ ނުނިމި ހުއްޓިފައެވެ.

މާލޭގެ މަގުތަކުގައި އެންމެ ފުރަތަމަ ތާރު އަޅައިގެން ތަރައްޤީކުރަން ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ޑރ.މުޢިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެންނެވެ.

އެގޮތުން މާލޭ ރިންގު ރޯޑު ހެންވޭރު ފެރީޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި، އިއްޒުއްދީން މަގުގެ ބައެއްގައި ވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.