ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއާއި ގުޅިވަޑައިގަތް ވާހަކަ ދޮގުކުރައްވައިފިއެވެ. ޣަފޫރު ވަނީ އެމްޑީޕީ ދޫކުރައްވާ އެހެން އެއްވެސް ޕާޓިއަކަށް ސޮއިކުރައްވާފައިނުވާކަމަށް ވިދާޅުވެފައެވެ.
ޣަފޫރު ޕީއެންސީގެ ފޯމެއްގައި ސޮއިކުރައްވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެފޮޓޯއާއެކު ބައެއް ފަރާތްތަކުން އަންނަނީ ޣަފޫރު ޕާޓީ ބަދަލުކުރެއްވީކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ސޮއިކުރައްވަން އިންނެނވީ ފޯމެއްގައި ހެކިވެރިޔާ ސޮއިކުރައްވާ ގޮޅީގައިކަމަށް ބައެއް ފަރާތްތަކުން އެ ފޮޓޯއަށް ކޮށްފައިވާ ކޮމެންޓުތަކުގައި ބުނެފައިވެއެވެ.
ޣަފޫރަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އިންތިޚާބަށްފަހު ޣަފޫރު މާބޮޑަށް އެމްޑީޕީގެ ހަރަކާތްތަކުން ފެނިގެން ނުދެއެވެ. ޣަފޫރު ޕީއެންސީއާއި ގުޅިވަޑައިގެންނެވިއިރު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ހަނިމާދޫ ދާއިރާއަށް ވާދަ ކުރުމުގެ ޝައުގުވެރިކަން ޣަފޫރު ވަނީ ފާޅު ކުރައްވާފައެވެ.
ޣަފޫރަކީ އެމްޑީޕީގެ ދެފެކްޝަން އުފެދި ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ފެކްޝަން އުފެދިގެން ދިޔައިރު، ރައީސް ޞާލިހަށް ތާއީދުކޮށް ވަރަށް ވަރުގަދަ ގަޔަށް މަޖިލިސް ތެރޭގައިވެސް މަސައްކަތް ކުރެއްވި މެމްބަރެކެވެ.