ސީޒަން ދުވަސްކޮޅަކަށް ފިލްމީ މަސައްކަތާއި ދުރަށް

ސީޒަން ދުވަސްކޮޅަކަށް ފިލްމީ މަސައްކަތާއި ދުރަށް

Author
ފާތިމަތު ނާވީ
11 އޮކްޓޯބަރ 2023 09:47
0

ރާއްޖޭގެ މަޝްހޫރު އެކްޓަރު އަލީ ސީޒަން ފިލްމީ މަސައްކަތުން ދުވަސްކޮޅަކަށް ބްރޭކެއް ނަގައިފިއެވެ.

ސީޒަން ބުނީ ފިލްމީ ދާއިރާ އެއްކޮން ދޫކޮށްނުލާ ކަމަށާއި މިވަގުތު ކަންކަން ހުރި ގޮތުން ފިލްމީ ދާއިރާއިން ބްރޭކެއް ނެގީ ކަމަށެވެ. ނަމަވެސް އޭނާ އަދި ވެސް އެނބުރި ފިލްމީ މަސައްކަތްތަކަށް ނިކުންނާނެ ކަމަށް ވެސް ވަނީ ބުނެފައިއެވެ. އިތުރަށް ސީޒަން ބުނީ ފިލްމީ ދާއިރާ އަކީ ދޫކޮށް ނުލެވޭނެ ދާއިރެއް ކަމަށެވެ.

ސީޒަން އަކީ ދިވެހި ފިލްމް އިންޑަސްޓަރީގައި އެންމެ ނަން ހިނގާ އެއް އެކްޓަރެވެ. އޭނާ ވަނީ ތީރި ކާމިޔާބު ފިލްމް ތަކެއް ބެލުންތެރިންނަށް ގެނެސްދީފައިއެވެ. އަދި ގިނަ ބައެއްގެ މެދުގައި ސީޒަން އަކީ ވަރަށް މަގުބޫލު އެކްޓަރެކެވެ.

ފިލްމީ ދާއިރާއިން ބްރޭކެއް ނެގި ނަމަވެސް ބްރޭކެއް ނަގަން ނިންމި ސީދާ ސަބަބެއް ސީޒަން ހާމައެއްނުކުރެ އެވެ. އޭނަ އަކީ މި ފަހުން ސިޔާސީ ހަރަކާތްތަކުން ފެންނަމުން އަންނަ މީހެކެވެ. އެގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ބައެއް އިވެންޓްތަކުން ސީޒަން ފެނިފައިވެ އެވެ.

 

View this post on Instagram

 

A post shared by Ali Seezan (@seaxanali)

ސީޒަނަކީ ރާއްޖޭގައި ފިލްމު ކުޅެމުން، ޑައިރެކްޓްކުރުމުގެ އިތުރަށް ފިލްމު ޕްރޮޑިއުސް ކުރުމުގައި ވެސް ހިއްސާވާ ވަރަށް ފާހަގަކޮށްލެވޭ މީހެކެވެ. އޭނަގެ އެސް ޕްރޮޑަކްޝަނުން މި އަހަރު ދެ ފިލްމެއް ގެނެސްދީފައިވެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.