ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް އިންތިޚާބީ ރައީސް އެދިފައިވާ ކަންކަމަށް އިޚުތިރާމު ކުރަންޖެހޭ: ޝިޔާމް

ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް އިންތިޚާބީ ރައީސް އެދިފައިވާ ކަންކަމަށް އިޚުތިރާމު ކުރަންޖެހޭ: ޝިޔާމް

ގުޅުންހުރި

ރާއްޖޭގެ ރައްޔިތުން ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައްޔިތުންގެ ނިންމުން ނިންމާފައި ކަމަށާއި، އެނިންމުމަށް އިޚުތިރާމުކޮށް ސަރުކާރުން އިންތިޚާބީ ރައީސަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީގެ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ފެނިގެން ދަނީ ވެރިކަމުގެ ތެރޭގައި ކަންކަން ހިނގައިދިޔަ ގޮތަށް ޓްރާސްސިޝަން ޕީރިއެޑްގައިވެސް ސަރުކާރުން އަމަލު ކުރަމުންދާތަން ކަމަށެވެ. އިންތިޚާބީ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަށް އިޚުތިރާމު ނުކޮށް ޑިމޮކްރަސީއާއި ބީރައްޓިހިކޮށް ކަންކަން ކުރަމުންދާކަމީ މިއަދުވެސް ފެންނަ މަންޒަރު ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޤައުމު އޮތީ ދަރާފައި ކަމަށާއި މިހާލަތުގައި އެތައް ޕްރޮޖެކްޓެއް އުފަންކޮށް އެތައް ވަޒީފާތަކެއް އަނެއްކާވެސް އުފައްދައި މިމަރުހަލާގައި ކޮށްގެން ނުވާނެ އެތައް ކަމެއް ކުރަމުން ދާކަމަށެވެ.

އަޅުގަނޑުމެންނަށް މިފެންނަނީ މިމަރުހަލާގައިވެސް ކުރެވުނު ހުރިހާ ކަމެއް ސިޔާސީ ބޭނުމަށް ކުރާތަން. ދައުލަތް މިއޮތީ ދަރާ. ޤައުމު މިއޮތީ ދަރާ. އޮތް އިރުގަ އާމްދަނީ ނުލިބޭ ކުންފުނިތަކާއި ދަރަނިވެރި ވެފައިވާ ކުންފުނިތަކުން ލިބޭ އެއްޗަކައި ނުބައްދަލު ވަޒީފާތަކާއި އަދި އެކުންފުނިތަކުގެ ނަމުގަ ނަގާ ލޯނުތަކާއި ބަދަލުތަކާއި އަދި ނުކުރެވޭ ކަންތައްތައް އެވޯޑު ކުރުމާއި އަދިވެސް ހަމަ ރައްޓިހި ރަހުމަތް ތެރި ކުންފުނިތަކަށް އެވޯޑު ކުރަމުން ދަނީ. މިކަންކަން މިހެން އެބަ ހިނގާ މިއީ ތަހުޒީބު އެއްވެސް ޑިމޮކްރަސީއެއްގައި ކަން ހިނގާނެ ގޮތެއް ނޫން.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުން ނިންމާފައިވާ ނިންމުމަށް ރައްޔިތުންގެ މަޖިލީހުންވެސް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އިންތިޚާބީ ރައީސް 17 ނޮވެމްބަރުގައި ހުވާ ކުރެއްވުމަށްފަހުވެސް ކެބިނެޓަށް ރުހުން ދެއްވުމާއި، ސަފީރުންނަށް ރުހުން ދެއްވުމާއި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި މަޖިލީހުގެ އެއްބާރުލުން ލިބުމަކީ ރައްޔިތުން ނިންމި ނިންމުމުގައި ބުނެފައިވާ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއީ ސްމޫތު ޓްރާސް ސިޝަނަކަށް ދާން އެބަޖެހޭ. ރައްޔިތުން އެއޮތީ ގޮތެއް ނިންމާފަ ކުރިއަށް އޮތް ފަސް އަހަރަށް. ރައްޔިތުން އެއޮތީ މުސްތަގުބަލު ނިންމާފަ. އެގޮތަށް މިހާރު އޮތް ސަރުކާރުވެސް އަމަލު ކުރަންޖެހޭ. އަޅުގަނޑު އުންމީދު ކުރަނީ މިކަންކަން ވަރަށް ސްމޫތުކޮށް ދާނެކަމަށް. 17 ނޮވެމްބަރުގައި ހުވާ ކުރުމާއި އެކީގައި ސަރުކާރަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މިތަނުން ދޭންޖެހޭ އެއްބާރުލުން ދިނުމަކީ އެއީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް.

– ޝިޔާމް ވިދާޅުވިއެވެ.

ޓްރާސްސިޝަން މަރުހަލާގައި ވެރިކަމުގެ ދައުރު ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގައި 7 ކަމެއް މަޑު ޖައްސަލުމަށް އިންތިޚާބީ ރައީސް ވަނީ ރައީސް ޞާލިހުގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް އެކަންކަން އެންމެ ރަނގަޅަށް ތަންފީޒު ކުރެވިގެންދާތަނެއް ފެނިގެން ނުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ