އިންތިޚާބީ ރައީސާއި ނައިބް ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުގެ މަސައްކަތް ފަށައިފި

އިންތިޚާބީ ރައީސާއި ނައިބް ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުގެ މަސައްކަތް ފަށައިފި

އިންތިޚާބީީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ހުވާ ކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭ މަސައްކަތްތައް މިއަދު ފަށައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެންބަރު މަހުގެ 17 ވާ ހުކުރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ ޖުމްހޫރީ މައިދާނުގައެވެ. އިންތިޤާލީ ކޮމެޓީގެ ޗެއާ އަބްދުއްރަހީމާއި، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ އައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމާއި، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބޭފުޅުންނާއި މިޖަލްސާގެ އިންތިޒާމު ތަކާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ.

ޢާންމު އުސޫލެއްގެ ދަށުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅޭ ކަންކަން، އަލަށް އިންތިޚާބުވާ ރައީސަކު އެދިވަޑައިގަންނަވާގޮތަށް މަޖިލީހުން ކޮށްދެއްވައެވެ. އެގޮތުގެ މަތިން، ނޮވެންބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު، ޖުމްހޫރީ މައިދާނުގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހާއި، އިންތިޚާބީ ރައީސް އާއި ދެމެދު މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މޫސުން މިދުވަސްވަރު އޮތް ގޮތަށް ބަލައި ރަސްމިއްޔާތު ނުވަތަ އެޖަލްސާ ބާއްވާނެ ތަނެއް ފައިނަލް ވެގެންދާނެކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

https://x.com/mvpeoplesmajlis/status/1711696637922574344?s=20

2013ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީންގެ ވެރިކަން ފެށުނީ އެއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިގޮތަށް ދިމާވީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން އިންތިޚާބުގެ ދެބުރު އަލުން ބާއްވަން ޖެހުމާއި ގުޅިގެންނެވެ. ދައުރުން ފެށުން މިގޮތަށް ލަސްވެފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ މަތިންނެވެ.

އެހެންނަމަވެސް ގާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްވަނީ ވިދާޅުވެފައެވެ. ނަމަވެސް ޤާނޫނީ ހުރަސްތައް ހުރުމުން މިފަހަރުވެސް ނޮވެމްބަރު 11 ގައި ހުވާކުރެއްވޭ ގޮތްވެފައި ނުވާކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *