މިހާރުގެ ރައީސާ ބަލިކޮށް އެމްވައިސް ކުލަބުގެ ރައީސާއަކަށް އަރޫޝާ!

މިހާރުގެ ރައީސާ ބަލިކޮށް އެމްވައިސް ކުލަބުގެ ރައީސާއަކަށް އަރޫޝާ!

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2023 09:39
0

ޔޫތު މިނިސްޓްރީގެ ކުލަބް "އެމްވައިއެސް"ގެ ހިނގަމުން ދިޔަ ދައުރުގެ ރައީސް ފާތިމަތު ނިޝާރު ބަލިކޮށް އައިޝަތު އަރޫޝާ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

ހުކުރު ދުވަހުގެރޭ އޮތް އިންތިޚާބު އަރޫޝާ ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ. އަރޫޝާ މިއިންތިޚާބު ކާމިޔާބު ކުރީ 92 ވޯޓުންނެވެ. ނިޝާރަށް ލިބުނީ 57 ވޯޓެވެ. ނައިބް ރައީސް ކަމުގެ މަޤާމަށް ފިރިހެން ބޭފުޅުންގެ ތެރެއިން ކުރިމަތިލައްވާފައިވަނީ ހުސެއިން ރަޝީދު ކަމަށް ވުމުން އޭނާ ވަނީ ވޯޓަކާއި ނުލައި ހޮވިފައެވެ. އަންހެން ނައިބް ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ވެފައިވަނީ ނަސްރީނާއާއި ވާދަކޮށް ތަމްލީކާއެވެ. ނަސްރީނާއަށް 60 ވޯޓު ލިބުނުއިރު ތަމްލީކާއަށް ވަނީ 88 ވޯޓު ލިބިފައެވެ.

ކުލަބުގެ ޖެނެރަލް ސެކްރެޓަރީއަކަށް ހޮވިފައިވަނީ އާމިނަތު ރަޝީދާއެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރީ 90 ވޯޓުންނެވެ. އޭނާއާއި ވާދަކުރި ޢާމިނަތު ނާޒުލީއަށް ލިބުނީ 57 ވޯޓެވެ. ޚަޒާންދާރަކަށް 96 ވޯޓުން އިންތިޚާބުވީ ރިޝްމާ ފާރޫޤެވެ. އޭނާއާއި ވާދަކުރި ފާތިމަތު ރާސިޔާއަށް ލިބުނީ 53 ވޯޓެވެ.

ސެކްރެޓަރީއަކަށް މަރިޔަމް ހަނާ އިންތިޚާބުވީ 53 ވޯޓުންނެވެ. އިންތިޒާމް ސެކްރެޓަރީ އަށް އަސްމާ ޙަސަން މަނިކު އިންތިޚާބުވީ 94 ވޯޓުންނެވެ.

އާންމު 5 މެންބަރުން:

– ޢާއިޝަތު ނަޚްމާ: 111 ވޯޓު
– މަރިޔަމް ރަޝާދު: 109 ވޯޓު
– ފާޠިމަތު އަޙްމަދު: 109 ވޯޓު
– މާޖިދާ އިބްރާހީމް: 105 ވޯޓު
– ފާޠިމަތު ނާޒްނީނާ: 85 ވޯޓު

އެމްވައިއެސް ކުލަބަކީ އެމިނިސްޓްރީގެ މުވައްޒިފުންނާއި ގުޅުންހުރި އެކި، ކަންކަން ހަރުދަނާ ކަމާއިއެކު ކުރިއަށް ގެންގޮސް އެކުވެރިކަމާއިއެކު އެކި ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ކުލަބެކެވެ.

އެކުލަބުން ވަނީ ފާއިތުވެދިޔަ ތަނުގައިވެސް މުވައްޒިފުންގެ ގުޅުން ބަދަހި ކުރުމަށާއި، އޮފީސްތަކުގެ މެދުގައި ބާއްވާ އެކި ކުޅިވަރު މުބާރާތްތަކާއި، އެހެނިހެން ހަރަކާތްތަކުގައިވެސް އިންނަގައިގެން ބައިވެރިވެ މުހިންމު ދައިރެއް އަދާކޮށްފައެވެ. އެކުލަބުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކުލަބުގެ ހިންގުން އިތުރަށް ރަނގަޅުކޮށް މުވައްޒިފުންނަށް ރަނގަޅު ގޮތްތަަށް ފަހި ކުރުމެވެ.

އެމް.ވައި.އެސް ކުލަބު ބަހުސް ވާދަވެރި، އިންތިޚާބު ހުކުރު ދުވަހު

އެމްވައިއެސް ކުލަބުން ވަނީ އިންތިޚާބުގެ ކުރިން ކެންޑިޑޭޓުންގެ މެދުގައި ބަހުސެއްވެސް ބާއްވާފައެވެ. މިއީ ކުލަބަކުން އެތެރޭގެ އިންތިޚާބެއްގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.