މުއިއްޒު ހުވާކުރައްވާނީ ޖުމުހޫރީ މައިދާނުގައި

މުއިއްޒު ހުވާކުރައްވާނީ ޖުމުހޫރީ މައިދާނުގައި

Author
ހުސެއިން
09 އޮކްޓޯބަރ 2023 08:08
0

ރާއްޖޭގެ ރައީސްކަމަށް އިންތިޚާބު ވެފައިވާ ޑރ. މުއިއްޒު ހުވާކުރެއްވުން އޮންނާނީ ޖުމުހޫރީ މައިދާނުގައިކަމުގައި އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސްއާއި ނާއިބު ރައީސް ހުވާކުރެއްވުން ޖުމުހޫރީ މައިދާނުގައި އޮންނާނީ މޫސުން ތަންދޭނަމަ ކަމުގައެވެ.

ރައީސުލްޖުމުހޫރިއްޔާއާއި ނާއިބު ރައީސް ހުވާކުރުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖައްވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ޖަލްސާ ބޭއްވުމުގެ ހުރިހާ ތައްޔާރީތަކެއް ކުރަމުން ގެންދާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނި އެމަނިކުފާނު މަގާމުގެ ހުވާ ކުރުމުގެ ބޭއްވުމަށް ރައްޔިތުންގެ މަޖިލިހުން އެންމެ ފުރަތަމަ ހަމަޖެއްސީ މަޖިލިސް އިދާރާގައި ކަމުގައެވެ. އެހެންނަމަވެސް އިންތިޚާބީ ރައީސް މަޖިލިސް ރައީސާއި ބައްދަލު ކުރެއްވުމަށްފަހު ރަސްމިއްޔާރު ޖުމުހޫރީ މައިދާނުގައި ބޭއްވުމަށް ބޭނުންފުޅުކަން ހާމަކުރެއްވިކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު މަގާމުގެ ހުވާ ކުރައްވާފައިވަނީ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.