މިދިއަ މަހުގެ ކުޖރީކޮޅުގައި ރަސްމީކޮން އިއުލާން ކުރި ފިލްމް "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" ގެ ކާސްޓާ ކަރީނާ ކަޕޫރް ވެސް ގުޅިއްޖެއެވެ.
ކަރީނާ ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް، ފެވަރިޓް ޑައިރެކްޓަރާ އެކީ ހަތަރު ވަނަ ފިލްމެއްގައި މަސައްކަތް ކުރަން ލިބުމުން އުފަލުން ހުރިކަމަށް ބުނެފައިއެވެ. މީގެ ކާސްޓާ ކަރީނާ ގުޅުނު އިރު، އޭނަ އަކީ 2011 ގެ "ސިންގަމް" ގެ ސީކްއެލް 2014 ގެ "ސިންގަމް ރިޓާންސް" ގެ ވެސް ބަތަލާއެވެ.
"ސިންގަމް" ސީރީޒް ފިލްްމް ތަކަކީ އަޖޭ އާއި އެކުގައި އެކްޝަން ޑައިރެކްޓރެއްގައި ގޮތުގައި ފާހަގަ ކުރެވޭ ޑައިރެކްޓަރު ރޯހިތު ޝެޓީ ކުރިއަށް ގެންދާ ފިލްމް އެކެވެ. މި ސިލްސިލާ ގެ ފިލްމް ތަކަކީ ބެލުނަތެރިންގެ ބޮޑު ކާމިޔާބެއް ލިބޭ ފިލްމް ތަކެކެވެ.
މީގެ ފުރަތަމަ ބައި "ސިންގަމް" ރިލީޒްކުރީ 2011 ގައެވެ. އޭގެ ބަތަލަކީ ކާޖަލް އަގަރްވާލެވެ. އަދި ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގައެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.
"ސިންގަމް އެގެއިން" ގެ ކާސްޓަށް ބަލާ އިރު، މީގެ ފުލުހެއްގެ ރޯލު ދީޕިކާ ޕަދްކޯން ވެސް ކުޅޭނެއެވެ. އަދި އޭނާގެ ފިރިމީހާ ރަންވީރު ސިންގް "ސިމްބާ" ގައި އޭނަ ކުޅުނު ކެރެކްޓާ އާއި އެކުގައި ފެނިގެންދާނެއެވެ. އަދި ސޫރިއަވަންޝީ" ގައި އަކްޝޭ ކުމާރު ކުޅުނު ފުލުސް ކެރެކްޓާ ވެސް ފިލްމްގައި ގެނެސްދޭނެއެވެ. މީގެ އިތުރުން ފިލްމްގެ ވިލަން ގެ ރޯލުން އަރުޖުން ކަޕޫރު ފެނިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ