ސްވަރާ އަށް ލިބުނީ އަންހެން ކުއްޖެއް

ސްވަރާ އަށް ލިބުނީ އަންހެން ކުއްޖެއް

Author
ފާތިމަތު ނާވީ
09 އޮކްޓޯބަރ 2023 09:22
0

މި އަހަރުގެ ޖުން މަހުގެ ކުރީކޮޅުގައި ބަނޑުބޮޑުކަން އިއުލާން ކުރި ބޮލީވުޑް ބަތަލާ ސްވަރާ ބާސްކަރު ވިހައިފިއެވެ.

މި މަހުގެ 23 ވަނަ ދުވަހުގައި ސްވަރާވިހައިފައިވާ އިރުގައި އޭނާ އަށް ލިބުނީ އަންހެން ކުއްޖެކެވެ. އެހަބަރު ކަށަވަރު ކޮށްދިނުމުގެ ގޮތުން އޭނާ ވަނީ ދަރިފުޅާއި އެކުގައި ހުރި ފޮޓޯ އެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Swara Bhasker (@reallyswara)

ސްވަރާ ބަނޑުބޮކަން އިއުލާން ކުރުމާއި އެކުގައި ވަރަށް ގިން ބަޔަކަށް ސިހުން ގެނުވިއެވެ. ސްވަރާ އާއި ސަމާޖްވާދީ ޕާޓީގެ ސްޓޭޓް ޔޫތު ޕްރެޒިޑެންޓް، ފަހުދު އަހުމަދާއި ކުރި ކުއްލި ކައިވެނި ވެސް ވީ މީހުންގެ މެދުގައި ސްވަރާއާއި ބެހޭގޮތުން ގިނަ ވާހަކަ ތަކެއް ދެކެވުން ކަމަކަށެވެ.

މީގެ އިތުރުން ކުއްލި ގޮތަކަށް ވަރަށް އާދައިގެ ގޮތަކަށް ކުރެވިގެން ދިއަ މިކައިވެނީގެ ފޮޓޯތަށް ވައިރަލް ވުމާއި އެކުގައި ސްވަރާ ބަނޑުބޮޑު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.