ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކީތު ސެކުއެރާ އާއި ރޮޝެލް ރާއޯ ބަނޑުބޮޑުކަން އިއުލާން ކުރީ އެވާހަކަ ދެކެވޭތާ ދުވަސްތަކަކަށް ފަހު ވަރަށް ވެސް ލޯބީ ފޮޓޯތަކެއް ހިއްސާ ކުރަމުންނެވެ.
ބޮޑު ބަނޑާއި އެކުގައި ރޯޝެލް ނަގައިފައިވާ ފޮޓޯ ތަކާއި އެކުގައި އޭނާ ބަނޑުބޮޑުކަން އިއުލާން ކުރި އިރުގައި މި ފޮޓޯ ތަކަކީ ގިނަބަޔަކަށް ވަރަށް ކަމުދިއަ ސްޓައިލަކަށް ނަގައިފައިވާ ފޮޓޯ ތަކެކެވެ.
މި މަހުގެ އެއްވަނަ ދުވަހުގައި ރޮޝެލް ވިހައިފައިވާ އިރުގައި މި ދެމަފިރިންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. ރޮޝެލް ވަނީ އޭނާގެ އިންސްޓަގްރާމްގައި އެންކަން ކަށަވަރު ކޮށްދީފައިއެވެ.
ކީތު އާއި ރޮޝެލް ކައިވެނި ކުރީ ރަންޓެހިވެގެން އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު 2018 ވަނަ އަހަރުގައިއެވެ.
ކޮމެންޓު ފޮނުވާ